ކުޅިވަރު އަނގަމަތި ނިވާކޮށްގެން ޒުވާބުކުރުން: ފީފާގެ އާ އުސޫލުގެ ދަށުން އަލްމިރޮންއަށް ރަތް ކާޑު!

އަނގަމަތި ނިވާކޮށްގެން ޒުވާބުކުރުން: ފީފާގެ އާ އުސޫލުގެ ދަށުން އަލްމިރޮންއަށް ރަތް ކާޑު!

އަނގަމަތި ނިވާކޮށްގެން ޒުވާބުކުރުން: ފީފާގެ އާ އުސޫލުގެ ދަށުން އަލްމިރޮންއަށް ރަތް ކާޑު!

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ތުރުކީ އާއި ޕެރަގުއޭ ބައްދަލުކުރި މެޗުގައި، ޕެރަގުއޭގެ މިގުއެލް އަލްމިރޮންއަށް ދެއްކި ރަތް ކާޑާއެކު ފީފާގެ އާ ގަވާއިދެއް ތަންފީޒުވާން ފަށައިފިއެވެ. މިއީ ދަނޑުމަތީގައި ހިނގާ ރުޅިވެރިކަމުގެ ހާލަތްތަކުގައި އަނގަމަތި ނިވާކޮށްގެން އެއްޗެކޭ ބުނުމުން ރަތް ކާޑު ދައްކަން ފީފާއިން ނިންމި ފަހުން، އެ އުސޫލުގެ ދަށުން ކުޅުންތެރިއަކު ދަނޑުން ފޮނުވާލި ފުރަތަމަ ފަހަރެވެ. ރެފްރީ މި ނިންމުން ނިންމީ ވީއޭއާރުގެ އެހީގައި، ތުރުކީގެ މާޓް މުލްޑޫރާ ދިމާއަށް އަލްމިރޮން އަނގަމަތީ އަތްއަޅައިގެން ހުރެ އެއްޗެކޭ ބުނުމުންނެވެ.

ފީފާއިން މިފަދަ ހަރުކަށި ފިޔަވަޅެއް އެޅުމަށް ނިންމީ، ޖާޒީ ނުވަތަ އަތުން އަނގަމަތި ނިވާކޮށްގެން ވާދަވެރި ކުޅުންތެރިންނާ ދިމާއަށް ނަސްލީ ގޮތުންނާއި ހުތުރު ބަސްތަކުން މުހާތަބުކުރުން އިތުރުވަމުންދާތީއެވެ. މިކަމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ މީގެ ކުރިން ޗެމްޕިއަންސް ލީގުގައި ބެންފީކާގެ ޕްރެސްޓިއާނީ، ރިއަލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ އާ ދިމާއަށް އަނގަމަތި ނިވާކޮށްގެން ހުރެ ނަސްލީ ގޮތުން ފުރައްސާރަކުރި މައްސަލައެވެ. އެ ހާދިސާއާ ގުޅިގެން ޕްރެސްޓިއާނީ ވަނީ ދެ މެޗަށް ސަސްޕެންޑްވެސް ކޮށްފައެވެ.

ނަމަވެސް، މި ގަވާއިދު އޮންނަނީ ހަމައެކަނި ރުޅިވެރިކަމުގެ ވަގުތުތަކުގައި ހިނގާ ޒުވާބުތަކަށެވެ. މެޗުގެ ތެރޭގައި އެކުވެރިކަމާއެކު ވާހަކަދެއްކުމަށާއި، ހިލޭ ޖެހުންތަކުގެ ވަގުތުގައި ޓީމުގެ ކުޅުންތެރިން އެކަކު އަނެކަކަށް އިރުޝާދު ދިނުމަށް އަނގަމަތި ނިވާކުރުމަކީ މި ގަވާއިދުގެ ދަށުން ކުށެއް ނޫނެވެ. ފީފާގެ މި ނިންމުމުގެ އަސްލު ބޭނުމަކީ ކުޅިވަރުގެ ރޫހާ ހިލާފަށް ދަނޑުމަތީގައި ބޭނުންކުރާ ނޭދެވޭ ބަސްމަގު ފޮރުވުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމެވެ.

ޓެގް

ވޯލްޑް ކަޕް 2026

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.