ޚަބަރު ވަގަށް އެތެރެކުރަން އުޅުނު 5,600 ވޭޕް ކާޓްރިޖް މާލޭ ބަނދަރުން އަތުލައިގަނެފި

ވަގަށް އެތެރެކުރަން އުޅުނު 5,600 ވޭޕް ކާޓްރިޖް މާލޭ ބަނދަރުން އަތުލައިގަނެފި

ވަގަށް އެތެރެކުރަން އުޅުނު 5,600 ވޭޕް ކާޓްރިޖް މާލޭ ބަނދަރުން އަތުލައިގަނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކަނޑުމަގުން ރާއްޖެއަށް ގެނައި “ޖެނެރަލް ކާގޯ” ޝިޕްމަންޓެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު 5,600 ވޭޕް ކާޓްރިޖް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ. މި ތަކެތި އަތުލައިގަނެފައިވަނީ މާލޭ ކޮމާޝަލް ހާބަރުގައި މިދިޔަ ބުދަ ދުވަހު ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި، މި ޝިޕްމަންޓް ބަލައި ފާސްކުރީ އޭގެ ތެރޭގައި ޤާނޫނާ ޚިލާފު ތަކެތި ހުރެދާނެކަމަށް ޝައްކުކުރެވިގެންނެވެ. އަތުލައިގަނެވުނު ހުރިހާ ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށް އެ އިދާރާއިން މަޢުލޫމާތު ދެއެވެ.

މި އޮޕަރޭޝަންގެ އިތުރުން، މި މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ބަނދަރުގައި ހިންގި ހަރަކާތްތަކެއްގައިވެސް 1,108 ވޭޕް ކާޓްރިޖާއި 27 ވޭޕް ޑިވައިސް އަތުލައިގަނެފައިވެއެވެ.

ޓެގް

ކަސްޓަމްސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.