ޚަބަރު

ފިނޭންސް މިނިސްޓަރުކަމުން މޫސާ ޒަމީރު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި

ސަރުކާރުގެ ކެބިނެޓަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައި، ފިނޭންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި މޫސާ ޒަމީރު މިއަދު ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިތުބާރު ހުރި މަސްދަރުތަކުން މިކަން ކަށަވަރުވެފައިވީ ނަމަވެސް، މި ބަދަލާ ގުޅޭގޮތުން ސަރުކާރުގެ ރަސްމީ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ޒަމީރު މަގާމުން ވަކިވެވަޑައިގަތް ސީދާ ސަބަބު އަދިވެސް އޮތީ ސިއްރުވެފައެވެ. މި ނިންމެވުން އައިސްފައިވަނީ ސަރުކާރުގެ އިސް މަގާމުތަކަށާއި ކެބިނެޓުގެ އެކި މިނިސްޓްރީތަކަށް ދާދި ފަހުން ވެސް ރައީސުލްޖުމްހޫރިއްޔާ ބޮޑެތި ބަދަލުތަކެއް ގެންނަވަމުންދާ ވަގުތެއްގައެވެ.

މޫސާ ޒަމީރު އެންމެ ފުރަތަމަ މި ސަރުކާރުގެ ކެބިނެޓާ ގުޅިވަޑައިގަތީ ފޮރިން މިނިސްޓަރުގެ މަގާމުންނެވެ. ނަމަވެސް އޭގެ ފަހުން ގެނައި ކެބިނެޓް ބަދަލުތަކެއްގެ ތެރެއިން އެމަނިކުފާނު ވަނީ މާލީ ވުޒާރާގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ބަދަލުކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close