ބޭރުދުނިޔެ ހަމާސް ޖަމާއަތާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ މީހަކު ގްރީސްއިން ހައްޔަރުކޮށްފި

ހަމާސް ޖަމާއަތާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ މީހަކު ގްރީސްއިން ހައްޔަރުކޮށްފި

ހަމާސް ޖަމާއަތާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ މީހަކު ގްރީސްއިން ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

“ޓެރަރިސްޓް ހަމަލާތަކެއް ދޭން ރާވަމުންދިޔަ” ކަމުގެ ތުހުމަތުގައި، އިސްލާމީ ހަރަކާތެއް ކަމަށްވާ ހަމާސް ޖަމާއަތާ ގުޅުން އޮތް ކަމަށް ބެލެވޭ ފަލަސްތީނު ފިރިހެނަކު ގްރީސްގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އުމުރުން 37 އަހަރުގެ މި މީހާ ހައްޔަރުކޮށްފައިވަނީ ހޮނިހިރު ދުވަހު، އޭނާ ވަޒީފާ އަދާކުރަމުންދިޔަ ކްރީޓް އައިލެންޑްގެ ހޮޓަލަކުންނެވެ.

ގްރީސްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އޭނާއަކީ ދާދިފަހުން ސައިޕްރަސްއިން ޓެރަރިޒަމްގެ މައްސަލަތަކެއްގައި ހައްޔަރުކުރި ބަޔަކާ ގުޅުން އޮތް މީހެއް ކަމަށެވެ. އަދި އޭނާއަކީ ހަމާސް ޖަމާއަތުން “ތަމްރީނު ހޯދާފައިވާ” މީހެއް ކަމަށް ތުހުމަތުކުރެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ގްރީސްގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އޭނާ ރާވަމުންދިޔައީ އަންގާރަ ދުވަހު ކްރީޓަށް ބަނދަރުކުރުމަށް ހަމަޖެހިފައިވާ އިޒްރޭލުގެ ކުރޫޒް މަނަވަރަކަށް ހަމަލާދިނުމަށެވެ.

އެގައުމުގެ ދައުލަތުގެ ޓީވީ (އީ.އާރު.ޓީ) އިން ބުނި ގޮތުގައި، އެ މީހާ ވަނީ އެތެންސްގެ މެދުތެރެއިން އެޕާޓްމަންޓެއް ކުއްޔަށް ހިފާފައެވެ. އެ ތަން ފުލުހުން ބަލައި ފާސްކުރިއިރު، ބޮން ހެދުމަށް ބޭނުންކުރެވިދާނެ ކެމިކަލްތަކާއި ލެބޯޓްރީ ސާމާނު ފެނިފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ޓެގް

ގްރީސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.