ޚަބަރު ޢީދު ބަންދުގެ ތެރެއިން ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވަން އެމްއެމްއޭއިން ނިންމައިފި

ޢީދު ބަންދުގެ ތެރެއިން ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވަން އެމްއެމްއޭއިން ނިންމައިފި

ޢީދު ބަންދުގެ ތެރެއިން ބުރާސްފަތި ދުވަހު ބޭންކުތައް ހުޅުވަން އެމްއެމްއޭއިން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޟްޙާ ޢީދާ ދިމާކޮށް ލިބޭ ދިގު ބަންދުގެ ތެރެއިން މި މަހުގެ 28 ވާ ބުރާސްފަތި ދުވަހު ބޭންކިން ޚިދުމަތް ދިނުމަށް ޚާއްސަ ދުވަހެއްގެ ގޮތުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅައިފިއެވެ.

މަރުކަޒީ ބޭންކުން މިގޮތަށް ނިންމާފައިވަނީ ޢީދު ބަންދާ ގުޅިގެން މި މަހުގެ 24 އިން 30 ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތަކާއި ބޭންކުތައް ގިނަ ދުވަސްތަކަކަށް ބަންދުވާތީ، އާންމުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުންނެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި އެ ދުވަހު ބޭންކުތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން ފެށިގެން މެންދުރުފަހު 2:00 އަށެވެ.

ނަމަވެސް ބޭންކުތައް ހުޅުވާ ބުރާސްފަތި ދުވަހު އާންމުންނަށް ނަގުދު ފައިސާއާއި ވަކިލާރި ދޫނުކުރާނެ ކަމަށް މަރުކަޒީ ބޭންކުން ބުނެއެވެ.

އެހެންކަމުން ބަންދުގެ ދުވަސްތަކުގައި ބޭނުންވާނެ ކަމަށް ލަފާކުރެވޭ ފައިސާ، މި ހިނގާ ހަފުތާގެ ރަސްމީ ދުވަސްތަކުގެ ތެރޭގައި ބޭންކުތަކުން ނަގައި ނިންމުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 26 ވާ އަންގާރަ ދުވަހަކީ ބަރަކާތްތެރި ޢަރަފާތު ދުވަހަށް ވާއިރު، އޭގެ އަނެއް ދުވަހަކީ އަޟްޙާ ޢީދު ދުވަހެވެ.

ޓެގް

އެމްއެމްއޭ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.