ޚަބަރު ސައިކަލު ކަހާލައިގެން ވެއްޓި، ޕިކަޕެއްގެ ދަށުވެ ހައިވޭގައިމީހަކު މަރުވެއްޖެ

ސައިކަލު ކަހާލައިގެން ވެއްޓި، ޕިކަޕެއްގެ ދަށުވެ ހައިވޭގައިމީހަކު މަރުވެއްޖެ

ސައިކަލު ކަހާލައިގެން ވެއްޓި، ޕިކަޕެއްގެ ދަށުވެ ހައިވޭގައިމީހަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސައިކަލެއް ކަހާލައިގެން ވެއްޓި، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެ
ބުރިޖު ހައިވޭގައި މިރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު
މަރުވެއްޖެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ
ހުޅުމާލެއިން ފުރައިގެން މާލެއަށް ދަތުރުކުރާ ފަޅިން، އެއާޕޯޓާ ގުޅޭ
ޓްރެފިކް ލައިޓް ކައިރީގައެވެ. މި ހާދިސާގެ ރިޕޯޓު ކަމާބެހޭ ފަރާތްތަކަށް
ލިބިފައިވަނީ މިރޭ 22:12 ހާއިރުއެވެ.

މި އެކްސިޑެންޓު ހިނގަން މެދުވެރިވި ސަބަބުކަމަށް ފުލުހުން ބުނެފައިވަނީ،
ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ކަހާލައިގެން
ވެއްޓުމެވެ. އަދި ސައިކަލުން ވެއްޓުނު މީހާ، އެ މަގުން ދަތުރުކުރަމުންދިޔަ
ޕިކަޕެއްގެ ދަށުވީ ކަމަށް ފުލުހުން ހާމަކުރެއެވެ. މި ހާދިސާގައި ޕިކަޕު ދަށުވި މީހާ
ވަނީ ފުރާނަ ގޮސްފައެވެ.

މި އެކްސިޑެންޓުގައި ނިޔާވި ފަރާތަށް ލިބުނު ޒަޚަމްތަކުގެ ތަފްސީލެއް އަދި އެއީ
ކާކުކަން އަންގައިދޭ އެއްވެސް މައުލޫމާތެއް ފުލުހުން މިހާތަނަށް
އާންމުކޮށްފައެއް ނުވެއެވެ.

މި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން ފުލުހުން ދަނީ އެ ސަރަހައްދުގައި
ހަރަކާތްތެރިވަމުންނެވެ. އަދި ހާދިސާ ހިނގަން މެދުވެރިވި ސަބަބުތައް
އިތުރަށް ބަލައި، މައްސަލައިގެ ތަހުގީގު ކުރިއަށްގެންދާ ކަމަށް ފުލުހުންގެ
އިދާރާއިން ވަނީ ބުނެފައެވެ.

ޓެގް

އެކްސިޑެންޓް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.