ޚަބަރު ނަރުހުންގެ އަޑުއަހައި، ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު

ނަރުހުންގެ އަޑުއަހައި، ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު

ނަރުހުންގެ އަޑުއަހައި، ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ: ރައީސް މުޢިއްޒު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނަރުހުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ފަރާތްތަކުގެ ފަންނީ އަދި އަމިއްލަ ކުރިއެރުމަށް މަގުފަހިކޮށްދިނުމުގައި މި ސަރުކާރު ދެމިއޮންނާނެ، ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މިއަދު ދެއްވި މެސެޖުގައި، ނަރުހުން ވަރުބަލިކަމެއް ނެތި ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރައްވައި، އެ ފަރާތްތަކުގެ އަޑުއަހާނެ ސަރުކާރަކަށް މި ސަރުކާރު ވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ނަރުހުންގެ މަސައްކަތުގެ މާހައުލާއި ލިބޭ އިނާޔަތްތައް ރަނގަޅުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދޭނެ ކަމެއް ކަމަށެވެ. އަދި ސިއްހީ ދާއިރާގެ ސިޔާސަތުތައް ހަރުދަނާކޮށް، ނަރުހުންނަށް ބޭނުންވާ ތަމުރީނުގެ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ރާވާފައިވާ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލެއްވީ، މުސްތަގުބަލަށް ވަރުގަދަ އަދި އިތުބާރު ހުރި ސިއްހީ ނިޒާމެއް ބިނާކުރުމުގައި ނަރުހުންގެ ދައުރު ބޮޑުކަން ފާހަގަކުރައްވަމުންނެވެ. އެގޮތުން، ނަރުހުންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް މަގުފަހިކޮށްދިނުމަކީ މުޅި ގައުމުގެ ސިއްހީ ނިޒާމު ހަރުދަނާވެގެންދާނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.