ޚަބަރު ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ރަސްމީ ފުރަތަމަ ދަތުރުފުޅު އިންޑިއާއަށް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ރަސްމީ ފުރަތަމަ ދަތުރުފުޅު އިންޑިއާއަށް

ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ރަސްމީ ފުރަތަމަ ދަތުރުފުޅު އިންޑިއާއަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު އެ ގައުމަށް ފުރާވަޑައިގެންފިއެވެ. މިއީ ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން އިރުތިޝާމް އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމެވެ. މިގޮތުން ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ހަރުދަނާކުރުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓަރުގެ އަރިހުގައި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. އިބްރާހިމް ޒުހުރީ އާއި އެސިސްޓަންޓް ޑިރެކްޓަރު އާމިނަތު ގުރޭޝާ ބައިވެރިވެވަޑައިގަންނަވައެވެ. މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްދާ ދަތުރުފުޅެކެވެ.

ޓެގް

ފޮރިންމިނިސްޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.