ޚަބަރު

ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތަކުގެ އިލެކްޝަންގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިލެކްޝަންގެ ފުރަތަމަ ބުރުން ނަތީޖާ އެއްވަރުވި ދާއިރާތަކުގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ވަނީ ފަށާފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓުލުމަށް ކަނޑައެޅިފައިވާ ހުރިހާ މަރުކަޒެއްގައިވެސް މިހާރު ވޯޓުލުން ކުރިއަށްދާއިރު، މިއަދު ހަވީރު 04:00 އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެއެވެ.

މި އިންތިހާބުގެ ދެވަނަ ބުރު ކުރިއަށްދަނީ ބ. ދޮންފަނު ކައުންސިލާއި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ ކައުންސިލް ގޮނޑީގެ އިތުރުން، ހއ. ކެލާ، ހދ. ނޭކުރެންދޫ އަދި ލ. މާވަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށެވެ. މި ފަސް ދާއިރާއަށް މެންބަރުން އިންތިހާބު ކުރުމަށްޓަކައި އެ ރަށްރަށާއި މާލެ ހިމެނޭހެން ޖުމްލަ 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުގައި ޖުމްލަ 6,093 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީވެފައިވަނީ ކެލާ އާއި މާވަށު ދާއިރާގައެވެ. މި އިންތިހާބަކީ މި މަހުގެ 4 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި ކެންޑިޑޭޓުންނަށް ލިބުނު ވޯޓު އެއްވަރުވުމުގެ ސަބަބުން ބާއްވަން ޖެހުނު ދެވަނަ ބުރެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close