ޚަބަރު އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުން ގަފޫރު ވަކިކުރަން 55 މެންބަރުންގެ ސޮޔާއެކު ހުށަހަޅައިފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުން ގަފޫރު ވަކިކުރަން 55 މެންބަރުންގެ ސޮޔާއެކު ހުށަހަޅައިފި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ކަމުން ގަފޫރު ވަކިކުރަން 55 މެންބަރުންގެ ސޮޔާއެކު ހުށަހަޅައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުއްގަފޫރު މޫސާ ވަކިކުރުމަށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮޔާއެކު މިއަދު ހުށަހަޅައިފިއެވެ.

މި މައްސަލަ ހުށަހެޅީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލްގެ ފެކްޝަނުން އިސްނަގައިގެންނެވެ. މި ލިޔުމުގައި ފައްޔާޒުގެ އިތުރުން ކުރީގެ މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ރޮޒައިނާ އާދަމް ފަދަ އިސް ބޭފުޅުން ވަނީ ސޮއިކުރައްވާފައެވެ.

ގަފޫރު ވަކިކުރަން ހުށަހެޅި މައިގަނޑު ސަބަބަކީ، ޕާޓީގެ ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ޖަލްސާގެ އެޖެންޑާގައި ރައީސް ނަޝީދު ހިމަނާފައި ނުވުމާއި، ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު މަގާމުން ވަކިކުރުމެވެ. ޚާއްސަކޮށް، ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް މައުރޫފް އިސްވެ ހުށަހަޅަމުން ދަނިކޮށް އޭނާ ވަކިކުރުމަކީ ޕާޓީގެ މަސައްކަތްތަކަށް އެޅުނު ހުރަހެއްގެ ގޮތުގައި މެންބަރުން ސިފަކުރެއެވެ.

މި މައްސަލަ ހުށަހެޅި މެންބަރުން ތުހުމަތުކުރާ ގޮތުގައި ގަފޫރު އަމަލުކުރައްވަނީ ވަކި ފަރާތެއްގެ ނުފޫޒުގެ ދަށުން ހުދުމުހުތާރު ގޮތަކަށެވެ. މިކަމުގެ ސަބަބުން ޕާޓީގެ އާންމު މެންބަރުންގެ މެދުގައި ފިތުނަވެރިކަން އުފެދި، އާންމުންގެ އިތުބާރު ގެއްލި ޕާޓީ ބައިބައިވުމުގެ ފުރުސަތު އޮތް ކަމަށް އެ މެންބަރުން ފާހަގަކުރެއެވެ. އެހެންކަމުން، ޕާޓީގެ ސަފުތައް ބަދަހިކުރުމަށްޓަކައި ގަފޫރު ވަކިކުރުމަށް ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް ވަނީ އެދިފައެވެ.

ޓެގް

އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.