ޚަބަރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު 23 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު 23 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބިދޭސީއަކު 23 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމް.ޑީ ސޮހަބް މިއާ 23 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭނާ ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހު ޔޫ.އެސް ބަންގްލާ އެއާލައިންސްގެ ފްލައިޓަކުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް އައި ވަގުތު، އޭނާގެ ފޮށިތަންމަތި އެކްސް-ރޭ ކުރުމުގެ ތެރޭގައި ޝައްކު ކުރެވިގެން ބަލައި ފާސްކުރުމުގެ ތެރޭގައެވެ.

ކަސްޓަމްސް އާއި ފުލުހުން ގުޅިގެން ހިންގި ބަލައި ފާސްކުރުމުގައި، ސޮހަބް މިއާ ގެންގުޅުނު ލެޕްޓޮޕް ބޭގެއްގެ ތެރެއިން ވަނީ މަސްތުވާތަކެތި ހުރި ޕެކެޓެއް ފެނިފައެވެ. އެ ތަކެތި ތަހުލީލު ކުރިއިރު، އެއީ 535.66 ގްރާމްގެ މެތައެމްފަޓަމިން ކަން ވަނީ ކަށަވަރުވެފައެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އުފުލާފައިވަނީ ޖަދުވަލު 1 ގައިވާ މަސްތުވާ އެއްޗެއް ރާއްޖެއަށް އެތެރެކުރުމުގެ ދައުވާއެވެ. ކްރިމިނަލް ކޯޓުގެ ހުކުމުގައިވަނީ، ތަހުގީގު މަރުހަލާގައި ބަންދުގައި ހުރި މުއްދަތު ކެނޑުމަށްފަހު، 23 އަހަރާއި 3 މަހާއި 25 ދުވަހުގެ ޖަލު ހުކުމެއް ސޮހަބް މިއާގެ މައްޗަށް ތަންފީޒު ކުރުމަށެވެ. މީގެ އިތުރުން 100,000 ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށް ވެސް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޓެގް

މަސްތުވާތަކެތި ފުލުހުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.