ޚަބަރު އެންމެ ގިނަ ހާފިޒުން ދަސްވެނިވަނީ މިއަހަރު، އިނާމުދިނުން އާދިއްތަދުވަހުގެ ރޭ

އެންމެ ގިނަ ހާފިޒުން ދަސްވެނިވަނީ މިއަހަރު، އިނާމުދިނުން އާދިއްތަދުވަހުގެ ރޭ

އެންމެ ގިނަ ހާފިޒުން ދަސްވެނިވަނީ މިއަހަރު، އިނާމުދިނުން އާދިއްތަދުވަހުގެ ރޭ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކީރިތި ޤުރްއާން ހިތުދަސްކުރި ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ދިނުމުގެ ރަސްމީ ޖަލްސާ، އަންނަ މާޗު މަހުގެ އެކެއްވާ އާދީއްތަ ދުވަހުގެ ރޭ ބޭއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ. ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މި އަހަރަކީ ރެކޯޑު އަދަދަކަށް ހާފިޒުން ދަސްވެނިވާ އަހަރެކެވެ.

މި އަހަރުގެ ޖަލްސާގައި ޖުމްލަ 50 ހާފިޒުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވާ ހާއްސަ މެޑެއްޔާއި އިނާމު އެރުވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އެއް އަހަރެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ހާފިޒުންނަށް އިނާމު ދެވޭ ފުރަތަމަ ފަހަރެވެ.

ކީރިތި ޤުރްއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ފަހުން މި އިނާމު ދީފައިވަނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅުވައިގެން ބޭއްވި ޖަލްސާގައެވެ. އެ ފަހަރު އިނާމު ލިބިފައިވަނީ 28 ހާފިޒުންނަށެވެ. ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ޤުރްއާން އުނގަންނައިދީ، ހާފިޒުން އުފެއްދުމަށް ދެވޭ ސަމާލުކަން އިތުރުކުރުންކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ޓެގް

ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.