ޚަބަރު ބޮޑުތަކުރުފާނުމަގު: ބާޒާރުމަތީ ސަރަހައްދު ދެކޮޅަށް ދުއްވޭގޮތަށް ރޭ ހުޅުވައިފި

ބޮޑުތަކުރުފާނުމަގު: ބާޒާރުމަތީ ސަރަހައްދު ދެކޮޅަށް ދުއްވޭގޮތަށް ރޭ ހުޅުވައިފި

ބޮޑުތަކުރުފާނުމަގު: ބާޒާރުމަތީ ސަރަހައްދު ދެކޮޅަށް ދުއްވޭގޮތަށް ރޭ ހުޅުވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މާލޭގެ މުހިންމު މަގެއް ކަމަށްވާ ބޮޑުތަކުރުފާނުމަގުގެ ބާޒާރުމަތީ ސަރަހައްދު، ޗާންދަނީމަގުން ފެށިގެން ފާލަންދޮށު ހިނގުމާ ހަމައަށް ދެކޮޅަށް ދުއްވޭގޮތަށް ރޭ ހުޅުވައިފިއެވެ. މި މަގު ހުޅުވާލާފައިވަނީ ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖެއްސި އިންތިޒާމެއްގެ ދަށުން ކަމަށް ފުލުހުން ބުނެފައިވާއިރު، މަގު ބޭނުންކުރާ ފަރާތްތަކުން ގަވާއިދުތަކަށް ހުރުމަތްތެރިވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ފުލުހުން ހާމަކުރިގޮތުގައި، މި ސަރަހައްދު ދެކޮޅަށް ދުއްވޭގޮތަށް ހަމަޖައްސާފައިވާއިރު، މަގު ބޭނުންކުރާ ފަރާތްތަކުން ބޯޓުފަހަރަށް މުދާ އަރުވާ ބޭލުމުގައި ޑަބަލްކޮށް މަޑުނުކުރުމަށާއި، ބޯޓުފަހަރަށް އަރުވާ ބާލާ މުދާ މަގުމަތީގައި ނުބެހެއްޓުމަށާއި، މަގުމަތީގައި ޕެލެޓް ނުބެހެއްޓުމަށް އިލްތިމާސްކުރެ އެވެ. މީގެ އިތުރުން ރައްކާތެރި ދުވެލީގެ މިންގަނޑާއި ހިލާފަށް ނުދުއްވުމަށާއި، ގަވާއިދާއި ހިލާފަށް ޕާކްކުރުން ފަދަ ކަންތައް ނުކުރުމަށްވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

ބޮޑުތަކުރުފާނުމަގުގެ މި ސަރަހައްދު އާންމުންނަށް ހުޅުވާލާފައިވަނީ، މަސައްކަތް ފެށިތާ ދެ މަހެއްހާ ދުވަސްތެރޭ ނިންމައިފަހު ރޭގެ ވަގުތެއްގައެވެ. މަގު ހުޅުވުމުގެ ކުރިން އިއްޔެ ވަނީ އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް، މަގު އާންމުންނަށް ހުޅުވާލިނަމަވެސް، އަދި ރަސްމީކޮށް ހުޅުވާފައެއް ނުވެއެވެ.

ބޮޑުތަކުރުފާނުމަގު އަލުން ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން، އެމްޓީސީސީއާ ހަވާލުކޮށްގެން މާރުކޭޓާ ހިސާބުން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. މި މަސައްކަތް ނިންމާލީ މިދިޔަ ބުދަ ދުވަހުއެވެ. މީގެ ކުރިންވެސް ވަނީ އެމްއެމްއޭއާ ހިސާބުން ޖުމްހޫރީ މައިދާން ނިމޭ ހިސާބަށް މަގު ހަދައި ނިންމާފައެވެ.

ބޭރު މަގު ހެދުމުގެ މި ބޮޑު މަޝްރޫއުއަށް ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. މިއީ 455 ދުވަސް ތެރޭ ނިންމަން ޖެހޭ މަޝްރޫއެކެވެ. މަގުތައް ތަރައްޤީކޮށް އާންމުކޮށް ހުޅުވާލުމަކީ މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ކަމެއް ކަމަށް ބެލެވެއެވެ.

ޓެގް

މަގުހެދުން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.