ޚަބަރު

މިއަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް “އެމްއެސް ކްރިސްޓަލް ސިމްފަނީ” ރާއްޖެ އަތުވެއްޖެ

މިއަހަރުގެ ފުރަތަމަ ކްރޫޒް ޝިޕް، “އެމްއެސް ކްރިސްޓަލް ސިމްފަނީ” 479 ފަތުރުވެރިންނާއެކު މިދިޔަ ހޯމަ ދުވަހު ރާއްޖެ އަތުވެއްޖެއެވެ.

އިމިގްރޭޝަނުން ބުނީ ސީޝެލްސްގެ މަހޭއިން ރާއްޖެއަށް އައި މި ބޯޓުގައި ފަތުރުވެރިންގެ އިތުރުން 491 ފަޅުވެރިން ހިމެނޭކަމަށާއި، އަދި އެ އިދާރާއިން އެ ފަރާތްތަކަށް ބޭނުންވާ ކްލިއަރެންސްގެ ޚިދުމަތް ދީފައިވާ ކަމަށެވެ.

ދުނިޔޭގެ މަޝްހޫރު މަންޒިލްތަކަށް ދަތުރުކުރާ މި މަތީ ފަންތީގެ ބޯޓު ރާއްޖޭގެ ދަތުރަށްފަހު މިހާރު މިސްރާބު ޖަހާފައިވަނީ ސްރީލަންކާގެ ކޮލޮމްބޯއަށެވެ. މި ދަތުރުގެ ފަހު މަންޒިލަކީ އިންޑިއާގެ މުމްބައީއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މި ބޯޓަކީ މިދިޔަ އަހަރުވެސް ރާއްޖެއަށް އެންމެ ފުރަތަމަ ޒިޔާރަތްކުރި ކްރޫޒް ޝިޕެވެ.

މިފަދަ ބޮޑެތި ކްރޫޒް ޝިޕްތައް ރާއްޖެއަށް އައުމަކީ ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ބޮޑު ކުރިއެރުމެކެވެ. މިއަހަރުގެ ތެރޭގައި އިތުރު ކްރޫޒް ޝިޕްތައް ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާއިރު، މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށާއި ފަތުރުވެރިކަމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ބެލެވެއެވެ. ސަރުކާރުން އަންނަނީ މިފަދަ ފަތުރުވެރިންނަށް ބޭނުންވާ ޚިދުމަތްތައް ލުއިފަސޭހަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close