މާލޭގެ ވައިޖެހޭ މަގުގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ތިން ބިދޭސީއަކު ރާއްޖެއިން ޑިޕޯޓްކޮށްލުމަށް އިމިގްރޭޝަނާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ފުލުހުން ބުނީ މި މާރާމާރީގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ ރޭ 11:30 ހާއިރު ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މި މާރާމާރީގައި 10 ވަރަކަށް ބިދޭސީން ބައިވެރިވެފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ ހެންވޭރުގައި ހުންނަ “ޖެލީ ޓޭކްއަވޭ” ގައި މަސައްކަތްކުރާ މުވައްޒަފުންތަކެއްގެ މެދުގައި ކަމަށް މިހާތަނަށް އެނގިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލުކުރި މި ތިން ބިދޭސީންނާމެދު އިދާރީ ފިޔަވަޅު އެޅުމަށްޓަކައި މިހާރު ދަނީ އިމިގްރޭޝަނާ ހަވާލުކުރުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...