ޚަބަރު

ގަވާއިދާ ޚިލާފަށް ވިޔަފާރިކޮށް، މިލިއަނުން ފައިސާ ދައުރުކުރި ބިދޭސީއަކު ހައްޔަރުކޮށްފި

ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކޮށް، ގިނަ އަދަދެއްގެ ފައިސާ ދައުރުކުރި މައްސަލައަކާ ގުޅިގެން ފުލުހުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އިމޮން ކަޒި (32އ) ހައްޔަރުކޮށްފިއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ލައިސަންސް ނުނަގާ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައެވެ.

އިމޮން ކަޒީގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ޖަހާފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ވަރަށް ހެކި ހޯދިފައިވާކަމަށް ބަންދުގެ އަމުރުގައިވެއެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްތަކުން ދައްކާ ގޮތުގައި އޭނާގެ އެކައުންޓުން މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވާއިރު، އެކަން ބާރުދޭ ޑިޕޮސިޓް ސްލިޕްތަކެއް ކޯޓަށް ހުށަހަޅާފައިވެއެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި މި ވިޔަފާރި އޭނާ ކުރަމުން އަންނަނީ އިތުރު ބައެއްގެ ބައިވެރިވުމާއެކުއެވެ. ނަމަވެސް އޭނާ ކުރާ ވިޔަފާރީގެ އެއްވެސް ތަފްސީލެއް ބަންދުގެ އަމުރުން އެނގޭކަށް ނެތް ކަމަށް މައުލޫމާތު ލިބެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close