ޚަބަރު ލަންދޫ ސިއްޙީ މަރުކަޒުން 24 ގަޑިއިރު ޚިދުމަތްދޭގޮތަށް ހަމަޖައްސައިފި

ލަންދޫ ސިއްޙީ މަރުކަޒުން 24 ގަޑިއިރު ޚިދުމަތްދޭގޮތަށް ހަމަޖައްސައިފި

ލަންދޫ ސިއްޙީ މަރުކަޒުން 24 ގަޑިއިރު ޚިދުމަތްދޭގޮތަށް ހަމަޖައްސައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ. ލަންދޫގައި ޤާއިމުކުރެވިފައިވާ ސިއްޙީ މަރުކަޒަކީ މިއަދުން ފެށިގެން 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ބަދަލުކޮށްފިއެވެ.

ލަންދޫގެ 1100 އެއްހާ ރައްޔިތުންނަށް ސިއްޙީ ޚިދުމަތް ހޯދުމުގައި ބޮޑު ލުޔެއް ލިބިގެންދާނެ މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ސިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ލަންދޫ ކައުންސިލް މެންބަރުންނާއި ސިއްޙީ ވުޒާރާގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެކުރިން ދުވާލަކު 16 ގަޑިއިރު ޚިދުމަތް ދެމުން އައި މި މަރުކަޒުން، ރޭގަނޑުގެ ވަގުތުތަކުގައި ކުއްލި ހާލަތްތަކުގައި ސިއްޙީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދިމާވި ދަތިތަކަށް މިވަނީ ނިމުން އައިސްފައެވެ. ރާއްޖޭގެ ނިސްބަތުން ތެލެސީމިއާ ބަލިކުދިން ގިނަ ރަށެއްކަމަށްވާ ލަންދޫއަށް މި ބަދަލާއެކު މިފަދަ ބަލިމީހުންނަށް އިތުރު ލުޔެއް ލިބިގެންދާނެއެވެ. ލަންދޫ ސިއްޙީ މަރުކަޒުން މިހާރުވެސް ލެބޯޓްރީގެ ޚިދުމަތާއި ލޭ އަޅައިދިނުމުގެ ޚިދުމަތް ދެމުންގެންދެއެވެ.

ލަންދޫ ސިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތްދޭ މަރުކަޒަކަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަންދޫއަށް ކޮށްދެއްވާނެކަމަށް ވަޢުދުވެވަޑައިގެންނެވި ޚާއްސަ ކަމެކެވެ. މިކަމުގެ ސަބަބުން ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދެއް މިވަނީ ފުދިފައެވެ.

ޓެގް

ހެލްތްމިނިސްޓްރީ ލަންދޫ ހެލްތު ސެންޓަރ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.