ތުރުކީ އާއި ނެދަލެންޑްސް މެޗު ބައްލަވާލެއްވުމަށް ތުރުކީގެ ރައީސް ބާލިންއަށް ވަޑައިގެންފި

ޔޫރޯ 2024 ގެ ކުއާޓާ ފައިނަލުގައި މިރޭ ތުރުކީ އާއި ނެދަލެންޑްސް ބައްދަލުކުރާ މެޗު ބައްލަވާލެއްވުމަށް ތުރުކީގެ ރައީސް ބާލިންއަށް ވަޑައިގެންފިއެވެ.
ADS BY: BML
ތުރުކީގެ ރައީސް ރެޖެޕް ޠައްޔިބް އަރްދޯއާން އާއެކު މި ދަތުރުފުޅުގައި ވަޑައިގަންނެވީ ފަސްޓް ލޭޑީ އެމިނެ އަރްދޯއާންއާއި، އެމަނިކުފާނުގެ އިސް ލަފާދޭ ފަރާތް އަކިފް ޗަޣަތައި ކިލިޗް އަދި ޑެޕިއުޓީ ކޮމިއުނިކޭޝަންސް ޑިރެކްޓަރ ޗަޣަތައި އޯޒްދެމިރެވެ.
މި މެޗު ކުޅޭނީ ބަރުލިންގެ އޮލިމްޕިކް ސްޓޭޑިއަމްގައި ރާއްޖޭ ގަޑިން މިރޭ ދަންވަރު 12:00 ގައެވެ. މި މެޗުން މޮޅުވާ ޓީމެއް މި މުބާރާތުގެ ސެމީ ފައިނަލަށް ދާނެއެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ ޖާގަ ސްޕެއިން ކަށަަވަރުކޮށްފައިވަނީ ރޭ ޕޯޗުގަލުއާއި ބައްދަލުކުރި މެޗްގެ ޕެނަލްޓީ ޝޫޓްއައުޓުން ކާމިޔާބު ކޮށްގެންނެވެ.
ތުރުކީ ކްއާޓާރ ފައިނަލް ޖާގަ ކަށަވަރުކުރީ މި ހަފްތާގެ ކުރީކޮޅު އޮސްޓްރިއާއާ ކުޅުނު މެޗުން 2-1 އިން ކާމިޔާބު ކޮށްގެންނެވެ.

