ޚަބަރު

ސަމާލުވޭ – ހުޅުމާލެއިންވެސް ފައިލޭރިޔާ ޖެހިފައިވާ ބިދޭސީއަކު ފެނިއްޖެ

މީގެ ދުވަސަތަކެއް ކުރިން މުޅި ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެއްކަމަށްވާ ފައިލޭރިއާ (ފައިފަލަބަލި) ޖެހިފައިވާ ބިދޭސީއަކު ހުޅުމަލެއިންވެސް ފެނިއްޖެއެވެ.

ފައިލޭރިއާ (ފައިފަލަބަލި) ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެއިން ފެނިފައި މިވަނީ ކުޅުދުއްފުށިން މި ބަލި ޖެހިފައިވާ 25 ބިދޭސީއަކު ފެނިފައިވަނިކޮށެވެ.

ހުޅުމާލެއިން ފައިލޭރިއާ (ފައިފަލަބަލި) ޖެހިފައިވާ ބިދޭސީއަކު ފެނިފައިވާކަން ހާމަކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ނޫސްބަޔާނެއްގެއެވެ. އެ ނޫސް ބަޔާނުގައި ވާ ގޮތުން މި ބަލީގެ ކޭސްއެއް ހުޅުމާލެއިން ފެނިފައިވަނީ، އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރެންޓް ފެއާގައި ބިދޭސީ މަސައްކަތްތެރިން ފައިލޭރިއާއަށް ޓެސްޓު ކުރުމުގެ ތެރެއިންނެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިއްޔެ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މައިގްރެންޓް ފެއާގައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން  މުޅިއެކު 13 ބިދޭސީން ބައްޔަށް ޓެސްޓުކުރެވުނު ކަމަށާއި އޭގެ ތެރެއިން  12 މީހުން ފައިލޭރިއާއަށް ނެގެޓިވް ވެފައިވާ އިރު، އެކަކު އެ ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ކުޅުދުއްފުށިން ފައިލޭރިއާ ބަލި ބަލިޖެހިފައިވާ 25 މީހުން ފެނިފައިވާއިރު އެޗްޕީއޭ އިން ބުނެފައިވަނީ އެ ބިދޭސީން ރާއްޖެ އައިސްފައިވަނީ ފައިލޭރިއާ އާއްމުކޮށް ފެންނަ ‘އެންޑެމިކް’ ގައުމުތަކުންކަން ފާހަގަކުރެވިފައިވާ ކަމަށާއި، މި ބަލި ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށެވެ. މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވް ވެފައި ނެތް ނަމަވެސް މިބަލީގެ ނުރައްކާ ދިވެހިންނަށްވެސް އެބައޮތެވެ. މިހެންކަމާއިއެކު މިބައްޔަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close