ޖަލުގައި ހުރި ބިދޭސީ ޤައިދީއަކު ހިތް ހުއްޓިގެން މަރުވެއްޖެ
ޖަލުގައި ހުކުމް ތަންފީޒުކުރަމުން އައި ބަންގުލަދޭޝަށް ނިސްބަތްވާ މީހަކު މިއަދު މަރުވެއްޖެއެވެ.
މިއަދު ޖަލުގައި މަރުވީ އުމުރުން 29 އަހަރުގެ އަމީނުލް އިސްލާމެވެ. އޭނައަކީ ބަދުއަޚުލާޤީ އަމަލު ހިންގުމުގެ ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރަމުންއައި މީހެއްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްއިން ބުނެފައިވެއެވެ.
މިއަދުގެ ވަގުތެއްގައި އަމީނުލް މަރުވިކަން އެނގުނީ ސައިގަނޑިއަށް ނުހޭލައި އޮތުމުން އޭނާ ހޭލައްވަން މަސައްކަތްކުރުމުން، އޭނާގެ ކިބާގައި އެއްވެސް ހަރަކާތެއް ނެތްކަން ފާހަގަކުރެވިގެން މާފުށީ ސިއްހީ މަރުކަޒަށް ގެންގޮސް ބެލުމުންކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ޑޮކްޓަރުން އަމީނުލްގެ މަރުގެ ވަގުތުކަމަށް ކަނޑައަޅާފައިވަނީ މިއަދު މެންދުރު 2:10 ކަމަށްވެސް އެ އިދާރާއިން މައުލޫމާތު ދިނެވެ.
މާފުށީ ސިއްހީ މަރުކަޒާ ހަވާލާދީ ކަރެކްޝަންސްއިން މައުލޫމާތު ދިން ގޮތުގައި އަމީނުލް މަރުވީ ހިތް ހުއްޓިގެންނެވެ.

