ބޭރުދުނިޔެ

އަންނަ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ޤުރުއާނުގެ އެއް މިލިއަން ކޮޕީ އެކިޤައުމުތަކަށް ސައޫދީން ބަހަނީ

އަންނަ ރަމަޟާންމަހަށް ޚާއްޞަކޮށްގެން ޤުރުއާނުގެ އެއް މިލިއަން ކޮޕީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބެހުމަށް ސައޫދީ އަރަބިޔާގެ، ސަލްމާން ރަސްގެފާނު ރުހުން ދެއްވައިފިއެވެ.

އެ ކޮޕީތަކުގެ ތެރޭގައި ޤުރުއާނުގެ ތަފާތު ސައިޒުގެ ކޮޕީތަކާއި 76 އަށް ވުރެ ގިނަ ބަހުގެ ތަރުޖަމާތައް ހިމަނާނެ އެވެ.

މަދީނާގައި ހުންނަ ކިންގް ފަހުދު ގްލޯރިއަސް ޤުރުއާން ޕްރިންޓިން ކޮމްޕްލެކްސް އިން ޗާޕުކޮށްފައިވާ މި ކޮޕީތައް 22 ގައުމެއްގެ އިސްލާމީ މަރުކަޒުތަކަށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަމަޟާން މަހުގެ ކުރިން ޤައުމުތަކަށް އެ ކޮޕީތައް ފޮނުވާނެ ކަމުގެ ޔަގީންކަން ސައޫދިން ސަރުކާރުން ދީފައިވާއިރު، އެ މާތް ފޮތުގެ ކޮޕީތައް ފޮނުވުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް ސައޫދީގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒުން ބުނެފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close