ޚަބަރު

އުތުރުގެ ރަށްތަކަށް މޫސުން ގޯސްވެދާނެކަމަށް މެޓް އޮފީހުން ބުނެފި

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓު) އޮފީހުން ބުނީ ބަންގާޅު ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއް ދަތުރު ކުރަމުންދާ ގޮތަށް ބަލާއިރު ރާއްޖޭގެ އުތުރުގެ ރަށްތަކަށް މިރެއާ މާދަމާ މޫސުން ގޯސްވާނެ ކަމަށެވެ.

އެ ކޮޅިގަނޑުގެ ބާރު ދަށްވެ މިވަގުތު ހުރީ ރާއްޖޭގެ އުތުރުން ކޮމޮރިން ކަނޑުތެރޭ، ލޯ ޕްރެޝާ އޭރިއާއެއްގެ ގޮތުގައި ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.

ސްރީލަންކާގެ އިރުން ދަތުރު ކުރަމުންދާ އެ ކޮޅިގަނޑު އިއްޔެ ވަނީ ލަންކާ ހުރަސްކޮށްފައި އެވެ.

މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި މި ކޮޅިގަނޑު ރާއްޖޭގެ އުތުރުން އަރަބި ކަނޑަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން މިރެ އާއި މާދަމާ އުތުރުގެ ބައެއް ރަށްތަކަށް މޫސުން ގޯސްވާނެ އެވެ. އެގޮތުން ގުގުރުމާ އެކު ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ވައިގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުންޏެވެ.

އެހެންވެ މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައި އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close