ޚަބަރު މާލޭ ގެއެއްގައި ހަމަ ނުޖެހުން ހިންގައި އެކަކު ޒަޚަމް ކޮށްލައިފި

މާލޭ ގެއެއްގައި ހަމަ ނުޖެހުން ހިންގައި އެކަކު ޒަޚަމް ކޮށްލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް


މާލޭ ގެއެއްގައި ހިނގި ހަމަ ނުޖެހުމެއްގެ ތެރެއިން އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ފުލުހުން ދާދި ދެންމެ އަކު ވިދާޅުވީ، މާލޭ ހެންވޭރު ގައި ހުންނަ ގެއެއްގެ ތެރޭގައި، ދެމީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު މިއަދު ގާތްގަނޑަކަށް 12:21 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ޒަޚަމްވީ 37 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާ އެ މީހާއަށް ސެނަހިޔާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ، މި މައްސަލަ އާއި ގުޅިގެން ހަމަލާ ދިން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާ، އެމީހާ އަކީ 25 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން މިއީ ޢާއިލި މައްސަލަ އެއްގެ ތެރެއިން ހިނގި މާރާމާރީއެއް ކަމަށްވެސް އެނގިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ޓެގް

މާރާމާރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.