މޫސުން ގޯސްވާނެކަމަށް ލަފާކޮށް ބޮޑުބަޔަކަށް ހުދުސަމާލު ނެރެފި
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑުބަޔަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅާއި ހަމައަށެވެ. މިއަދު ހަވީރު 5:00 ގައި ނެރުނު މި ހުދު ސަމާލުގެ މުއްދަތު ހަމަވާނި މިރޭ 11:00 އަށެވެ.
ހުދު ސަމާލު ނެރެފައިވާ ވަގުތުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
ވައިގަދަވުމުގެ އިތުރުން ކަނޑުތައްވެސް ގަދަވާނެތީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.


