ޚަބަރު

ޓެކްނިކަލް މައްސަލައެއް ދިމާވެގެން ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑިއްޖެ

ޓެކްނިކަލް މައްސަލައެއް ދިމާވެގެން ރާއްޖޭގައި ދެމުންދާ ޕާސްޕޯޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓަށް އެދުމާއި ދޫކުރުމުގެ ހުރިހާ ހިދުމަތެއް މިވަގުތު މެދުކަނޑާލެވިފައިވާ ކަމަށެވެ.

ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށް މައުލޫމާތުދެ އެވެ.

މި މައްސަލަ ހައްލުކޮށް، ޚިދުމަތް އަލުން ދޭން ފެށޭނެކަމަށް ލަފާކުރެވެނީ މިއަދު މެންދުރު 12:00 ން ފެށިގެން ކަމަށް ބުނެ އެވެ.

އެ އިދާރާއިން ވަނީ މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.

ދިމާވި މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް އިމިގްރޭޝަނުން ހާމައެއް ނުކުރެ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close