ޚަބަރު

އަމިއްލަ ޖިންސީ ގުނަވަން ބުރިކުރަން މަސައްކަތްކުރި ބިދޭސީ މީހާ މަރުވެއްޖެ

ލޯބިވެރިޔާ އާއި ދެމެދު ޖެހުނު މައްސަލަތަކެއްގައި ހުޅުމާލޭގައި އަމިއްލައަށް އަމިއްލަ ޖިންސީ ގުނަވަން ބުރިކުރަން މަސައްކަތްކޮށް ހަށިގަނޑުގެ އެކި ތަންތަނަށް ވަޅި ހެރި ބިދޭސީ މީހާއަށް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހު ފުލުހުންނަށް ރިޕޯޓް ކުރި މިމައްސަލާގައި ބިދޭސީ މީހާ ގައިގެ އެކި ތަންތަނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާތީ އޭނާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުދާދޭން ފެށި ކަމަށެވެ.

އޭނާއަށް ފަރުވާ ދެމުންދަނިކޮށް ރޭ އިރާކޮޅުގެ ވަގިތެއްގައި އޭނާ މަރުވެފައިވާކަމާށެވެ. މަރުވެފައިވަނީ އުމުރުން 31 އަހަރުގެ ބިދޭސީ ފިރިހެނެއްކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލައިގައި މިހާތަނަށް ބެލިބެލުމުން މިއީ އިތުރު މީހެއްގެ ބައިވެރިވުމެއް އޮތް ކަމެއް ކަމުގައި ފާހަގަ ނުވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close