ޚަބަރު

ދަރަނބޫދޫގެ މިސްކިތެއްގައި އިންޑިއާ ބަޔަކު ދިރިއުޅޭ މައްސަލައެއް ފެންމަތިވެއްޖެ


ފ.ދަރަނބޫދޫގައި ހުރި މިސްކިތެއްގައި ގިނަ އަދަދެއްގެ އިންޑިއާ މީހުން ދިރިއުޅޭކަން ހާމަވެ އެމައްސަލަ ފެންތިވެޖެއެވެ.

މިކަމާ ގުޅިގެން އެކި ފަރާތްތަކުން ފާޑުކިޔުން އަމާޒުކޮށްފައިވާއިރު، މިނިސްޓްރީން މިއަދު ހަވީރު އާންމުކުރި ބަޔާނެއްގައި ބުނީ، ދަރަނބޫދޫގައި އަލަށް އިމާރާތް ކުރި މިސްކިތް 2017 ވަނަ އަހަރު ބޭނުންކުރަން ފެށުމާއެކު ކުރިން އެރަށުގައި ބޭނުންކުރި އެ މިސްކިތް ބަންދުކުރެވިފައިވާ ކަމަށެވެ.

އެގޮތުން އެ މިސްކިތުގައި ނަމާދު ނުކުރާތީ، މިސްކިތުގައި ގުރުއާން ކުލާހެއް ހިންގަން އެރަށު ކައުންސިލާއި ހަވާލުކުރެވިފައިވާނެ ކަމަށާއި، އޭގެ ފަހުން މިސްކިތުގައި ގުރުއާން ކްލާސް ހިންގި ކަމުގެ މައުލޫމާތު އެ މިނިސްޓްރީއަށް ލިބުނުކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ދަރަނބޫދޫ ކައުންސިލާއި އެ މިސްކިތް ހަވާލުކުރެވުނީ 2017 ވަނަ އަހަރު އެ މިސްކިތް ބަންދުކުރުމާއެކު ކަމަށެވެ.

މިސްކިތުގެ ވީޑިއޯއެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ވައިރަލް ވަމުންދާ ވީޑޯގައި އެ މިސްކިތުގައި 200 އެއްހައި އިންޑިއާ މީހުން ނިދާ ކަމަށްބުނެފައިވެއެވެ. އަދި މިސްކިތުގެ ބޭރުގައި އަންނައުނު އަޅާ މަންޒަރު ފެންނަ ކަމަށާއި، އެގޮތަށް އެކަން ވިޔަދީގެން ނުވާނެ ކަމަށް އެ ވީޑޯގައި ގޮވާލާފައިވެ އެވެ.

އެކިއެކި މީޑިއާ ތަކުން މިހާރު މިޚަބަރު ގެންދަނީ ފަތުރަމުންނެވެ. އެހެންނަމަވެސް ރަސްމީ ފަރާތަކުން އަދި އެއްޗެއް ބުނިކަމެއް ނޭންގެއެވެ.

އެއް ކޮމެންޓް

  1. Keekeytho bunaanee ves migaumuge verikamah genai baigandakee dheenah furassaara koh hajoo jahaa muslimunge leah dhahivefavaa INDIAA Ah alhuvethivefa thibi baekkan saabithu nuvey thoa? Islaam dheenuge eemme muhimmu shiaaru kamugaa vaa maaiyAllhuge gekolhu thakah vesmi jaahiliyya sarukaarun ihuthiraameh gadhreh nukurey mivaruge jaahilu sunpaa bayaku nukuraane dhen konkameh thoa,?
    Dhen fennaanee thi miskiy thakugaa budhu bahattaigen budhah alhukan kuraa than, evarun ves bunanveethoa siyaasee gothun Dhaka vaahaka the kamah, kithanmme dhuvaheh vandhen bandhukoffaa huttaa namaadhu nukurias harubee kaafarun thakeh dhiri ulheyn dheegen nuvaane mikiythakuge gadharu kudakoggen nuvaanemikiy thkah ihuthiraamaa gadhru kuran vaane, thi miskiy balaaleema Hama engey theekee beynun nukuraa thaneh noon Kan, aaroa thaazaa Kan matheegaa huri thaneh Kan,
    Mivaruge mududhaaru sarukaareh nukuraane nubai nulafaa kameh onnaane tha???

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close