ޚަބަރު

ސްވިޑެން އާއި ފިންލޭންޑް ނޭޓޯއާ ގުޅުމަށް ރުހުން ނުދޭނަން: އުރުދުޣާން

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ސްވިޑެން އާއި ފިންލޭންޑަށް ނޭޓޯގެ މެމްބަރުކަން ހޯދުމަށް ރުހުން ނުދެއްވާނެ ކަމަށް ހޯމަ ދުވަހު ވިދާޅުވިކަމަށް ދައުލަތުގެ ނޫސް އެޖެންސީ އަނަޑޯލޫ އިން ބުނެފި އެވެ.

ސްވިޑެންގެ ފޮރިން މިނިސްޓްރީން ހޯމަ ދުވަހު އިއުލާންކުރި ގޮތުގައި ހެލްސިންކީ އާއި ސްޓޮކްހޯމްގެ އިސް މަންދޫބުން ވަރަށް އަވަހަށް ތުރުކީއަށް ދަތުރުކޮށް އެގައުމު ނޭޓޯގެ މެމްބަރުކަމާ މެދު އަންކާރާ އިއުތިރާޒުކުރާ ގޮތާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ.

ނަމަވެސް އުރުދުޣާން ވިދާޅުވީ، ޑިޕްލޮމެޓުން ތުރުކީއަށް އައިސް ނޭޓޯގެ ބިޑްތައް ފާސްކުރުމަށް އަންކާރާ ގަބޫލުކޮށްދިނުމަށް މަސައްކަތް ކުރަން އުނދަގޫ ނުވާނެ ކަމަށެވެ.

“ފުރަތަމަ ކަމަކަށް އަޅުގަނޑުމެން މި ޕްރޮސެސްގެ ތެރޭގައި ސަލާމަތީ ޖަމާއަތެއް ކަމަށްވާ ނޭޓޯއާ ގުޅުމަށް ތުރުކީއަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ މީހުންނަށް ‘އާނ’ ނުބުނާނަން،” އުރުދުޣާން ވިދާޅުވި އެވެ. “ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް އެއްވެސް ގައުމެއްގައި ފާޅުކަން ބޮޑު ގޮތެއްގައި ސާފު ސްޓޭންޑެއް ނެތް،” ސްވިޑެން އަކީ “ޓެރަރިސްޓް ޖަމާއަތްތަކަށް އިންކިއުބޭޝަން ސެންޓަރެއް” ކަމަށް ސިފަކުރައްވަމުން އޭނާ އިތުރަށް ވިދާޅުވި އެވެ.

“އެމީހުންގެ ހާއްސަ ދައުވަތުތަކެއް ޓެރަރިސްޓުންނަށް އެބައޮތް. އެމީހުންގެ މަޖިލިސްތަކުގައި ޕީކޭކޭއަށް ތާއީދުކުރާ މެންބަރުންވެސް އެބަތިއްބެވެ. އެމީހުންނަށް އިތުބާރު ކުރާނީ ކިހިނެއް؟” އުރުދުޣާން އިތުރަށް ވިދާޅުވީ، އަންކާރާއިން ޓެރަރިސްޓް ޖަމިއްޔާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުރުދިސްތާން ވޯކަރސް ޕާޓީ (ޕީކޭކޭ) އަށް އިޝާރާތް ކުރައްވައެވެ.

ނޯޑިކް ދެ ގައުމުން ރަސްމީކޮށް ކަށަވަރުކޮށްދިން ގޮތުގައި ނޭޓޯގެ މެމްބަރުކަން ހޯދާނެ ކަމަށާއި، މިއީ ރަޝިޔާއިން ޔޫކްރޭނަށް އަރައިގަތުމުން ކުރިއަށް ގެންދިޔަ ތާރީހީ ފިޔަވަޅެއްގައި ދިހަވަރަކަށް އަހަރު ވަންދެން ކުރިއަށް ގެންދިޔަ އަސްކަރީ އެއްބައިވަންތަކަން ނިމުމަކަށް ގެނައުމެވެ.

ތުރުކީން މިދިޔަ ހަފްތާގައި ވަނީ އެ ދެ ގައުމު ނޭޓޯއާ ގުޅުމާ މެދު އިއުތިރާޒުތަކެއް ހުރިކަން އިއުލާންކޮށް، އަންކާރާއިން ޓެރަރިސްޓުން ކަމަށް ދެކޭ ކުރުދީ ހަނގުރާމަވެރިންނަށް ތާއީދުކުރާ ކަމަށް ތުހުމަތުކޮށް،”ޓެރަރިސްޓުން” ކަމަށް ޝައްކުކުރެވޭ ދިހަވަރަކަށް މީހުން ހަވާލު ނުކުރާ ކަމަށް ތުހުމަތުކޮށްފަ އެވެ.

ތުރުކީގެ ޚާރިޖީ ވަޒީރު މެވްލޫތު ކަވުސޮގްލޫ އާދީއްތަ ދުވަހު ވިދާޅުވީ ޓެރަރިޒަމަށް ތާއީދުކުރާ ގައުމުތަކަކީ ނޭޓޯގެ އެކުވެރި ގައުމުތަކަކަށް ވެގެން ނުވާނެ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ތުރުކީން ޑިމާންޑް ކުރީ ފިންލޭންޑާއި ސްވިޑެން ވެސް “ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދު ކުރުން ހުއްޓާލުމަށެވެ.”

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close