ބޭރުދުނިޔެ

ޔޫކްރެއިންގެ ރައީސް ، ތުރުކީގެ ރައީސަށް ޝުކުރު އަދާކުރައްވައިފި

ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ ތުރުކީގެ ރައީސް ތޮއްޔިބު އުރުދުޣާނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ޒެލެންސްކީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަޅުގަނޑުގެ ރަޙްމަތްތެރި ޔާ އުރުދުޣާންއާއި ތުރުކީގެ ރައްޔިތުންގެ ފަރާތުން ލިބުނު ވަރުގަދަ އެއްބާރުލެއްވުމަށް ޓަކައި ޝުކުރު ދަންނަވާކަމަށެވެ.

ހަނގުރާމަމަތީ މަނަވަރުތައް ބްލެކް ސީއަށް ދަތުރުކުރުން މަނާކުރުމާއި، އަސްކަރީ އަދި އިންސާނީ އެހީގެ މުހިންމު އެހީތަކެއް ދިނުމަކީ މިއަދު ނުހަނު ބޭނުންތެރި ކަމެކެވެ. އެކަން ޔޫކްރެއިންގެ ރައްޔިތުން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން! ޒެލެންސްކީގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ޒެލެންސްކީ މިފަދަ ޓްވީޓެއް ކުރައްވާފައިވާއިރު ބައިނަލް އަޤުވާމީ މުޖުތަމަޢުގެ މާބޮޑު އެހީތެރިކަމެއް ޔޫކްރެއިންއަށް ލިބެމުން ނުދާތީ ހިތާމަކުރައްވާ ކަމަށްވެސް ވިދާޅުވެފައިވެއެވެ. އަދި ޔޫކްރެއިންގެ މި ހާލަތުން ސަލާމަތްކޮށްދިނުމަށް ރަޝިއާއި ދެކޮޅަށް ހަނގުރާމަކުރުމަށް އޭނާގެ ޤައުމުގެ ރައްޔިތުންނަށާއި، މުޅިދުނިޔެއަށް ގޮވާލައްވާފައިވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close