ބޭރުދުނިޔެ

ޔޫއޭއީއާއި ތުރުކީވިލާތުން 13 އެއްބަސްވުމެއްގައި ސޮއިކޮށްފި

ޔޫއޭއީ އާއި ތުރުކީން 13 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ތުރުކީގެ ދައުލަތުގެ ނޫސް އޭޖެންސީން ހާމަކުރާ ގޮތުގައި މި އެއްބަސްވުންތަކުގައި ދިފާއީ، ސިއްހީ، މޫސުމަށް އަންނަ ބަދަލުތައް، އިންޑަސްޓްރީ، ޓެކްނޮލޮޖީ، ސަގާފަތް، ދަނޑުވެރިކަން، ވިޔަފާރި، އިގްތިސޯދު، ޒުވާނުން، ދަތުރުފަތުރު، ޑިޒާސްޓާ މެނޭޖްމަންޓް، މީޓިއޮރޮލޮޖީ، ކޮމިއުނިކޭޝަން، އަދި އާކައިވް ފަދަ ދާއިރާތައް ހިމެނެއެވެ.

އުރުދުޣާން ޔޫއޭއީއަށް ވަޑައިގެންނެވީ ގަލްފުގެ ގައުމުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުފުޅުގެ ތެރެއިންނެވެ.

ޔޫއޭއީގެ ރަސްމީ ނޫސް އޭޖެންސީ ޑަބްލިއު.އޭ.އެމްއިން ރިޕޯޓްކުރާ ގޮތުގައި، އަބޫދާބީގެ ރިޔާސީ ގަނޑުވަރު ޤަޞްރު އަލް-ވަތަންގައި ބޭއްވި ބައްދަލުވުމެއްގައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ތަރައްޤީއާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ދެ ލީޑަރުންވެސް ވަނީ މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ހަރުދަނާކުރުމަށް ޞުލްޙަވެރި ކަމާއެކު ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމާ ގުޅޭ ގޮތުން ދެ ޤައުމުންވެސް އެއްގޮތް ތަޞައްވުރެއް ގެންގުޅުއްވާކަން ފާހަގަކުރައްވާފައެވެ.

ވަލީއަހުދު ވިދާޅުވީ މީގެ ތިން މަސް ކުރިން ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކާއި އެއްބަސްވުންތަކުގެ ސަބަބުން ޔޫއޭއީ އާއި ތުރުކީއާ ދެމެދު އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުން ތައް ދިރުވައި އާލާކުރުމުގެ ބިންގާ އެޅިފައިވާ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، ޔޫއޭއީއިން ތުރުކީއާއެކު އެއްބާރުލުން ދިނުމަށް ޝައުގުވެރިވާ ކަމަށާއި، މަޝްވަރާއާއި، ޑިޕްލޮމެޓިކް ހައްލުތައް މެދުވެރިކޮށް، ސަރަހައްދީ ރޮނގުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޔޫއޭއީއިން ޝައުގުވެރިވާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close