ޚަބަރު ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަން އުޅުނު ބިދޭސީ އަކު މަރުވެއްޖެ

ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަން އުޅުނު ބިދޭސީ އަކު މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކ. ތިލަފުށީގައި ކޮންސްޓްރަކްޝަން މަސައްކަތެއް ކުރަނިކޮށް ބިދޭސީ ފިރިހެނަކު ޖުންގަކުން ވެއްޓި މަރުވެއްޖެއެވެ.

މިހާދިސާ ހިނގީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ގާތްގަނޑަށް 20 ފޫޓުގެ އުސް ޖުންގަކުން ވެއްޓި މިމީހާ މަރުވެފައިވަނީ ވެއްޓުނުތާ މާގިނަ އިރުތަކެއް ނުވަނީސްއެވެ. އޭނާ ވަގުތުން މާލެ ގެންދިއުމަށް މަސައްކަތް ފެށިނަމަވެސް ތިލަފުށީގައި އެމްބިއުލާންސެއް ނެތުމުން އޭނާ ދޯންޔާއި ހަމައަށް ގެންދިއުމަށްވެސް ގިނަ ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތިލަފުށިން އެމީހާ ގެނައި އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. ހޮސްޕިޓަލަށް އެމީހާގެ ހަށިގަނޑު ގެނައީ މިއަދު ހެނދުނު 9:53 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ.

ސިނާއީ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ތިލަފުށީފައި މިފަދަ ހާދިސާއަކަށް އެކަށީގެންވާ ފަރުވާއެއް ދެވޭނެ ގޮތެއްވެސް ނެތުމަކީ މަސައްކަތްތެރިންގެ ބޮޑު ކަންބޮޑުވުމެކެވެ.

ޓެގް

ތިލަފުށި ބިދޭސީން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.