ދީނާ ޚިލާފުވާހަކަ ދެއްކި ބިދޭސީ ޓީޗަރުމީހާ ސަސްޕެންޑް ކޮށްފި
ސ.އަތޮޅު މަދަރުސާގެ ދަރިވަރުންގާތުގައ އިސްލާމް ދީނާއި ޚިލާފްވާހަކަ ދެއްކި އިންޑިއާ ޓީޗަރު ސަސްޕެންޑްކޮށްފިއެވެ.
ދަރިވަރުން ގާތުގައި އިސްލާމް ދީނާއި ޚިލާފްވާހަކަ ދެއްކުމުން ސަސްޕެންޑްކޮށްފައިވަނީ ގްރޭޑް 8އަށް ކިޔަވައިދެމުން ދިޔަ އިންޑިއާ ޓީޗަރެކެވެ. އެ ޓީޗަރު ވަނީ ދަރިވަރުން ގާތުގައި އިސްލާމް ދީނާ ކީރިތި ޤުރުއާނަށް ފުރައްސާރަކޮށްފައެވެ.
މި މައްސަލައާއި ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ބުނީ، އިސްލާމްދީނށް ފުރައްސާރަކޮށް ދަރިވަރުން ގާތުގައި ވާހަކަދެއްކި ޓީޗަރު މިހާރު މަސައްކަތްތަކުން އެކަހެރިކޮށްފައިވާކަމަށެވެ. އޭނާއަށް މިހަރު ސްކޫލަށް ޙާޒިރު ނުވެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ
މި މައްސަލަ އިތުރަށް ތަހްގީގްކުރަމުން އަންނަކަމަށާއި، މައްސަލއާއި ގުޅޭގޮތުން އެ ސްކޫލުން ރިޕޯޓެއް ތައްޔާރުކޮށް މިނިސްޓްރީއަށް ހުށައަޅަނާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި އިސްލާމްދީނާއި ޚިލާފް ބައެއް ވާހަތައް ދައްކާ މައްސަލަ ފަހަކަށްއައިސް ސްކޫލްތަކުގައި ފެންމަތިވެފައިވެއެވެ.


