ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުރިއަރ މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި މިތަކެތި އަތުލައިގެންފައި ވަނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަނުގައި އަތުލައިގަނެވިފައިވަނީ ކެނަބިސްގެ ބާވަތަށް ފެތޭ މަސްތުވާތަކެއްޗެވެ. އަދި އެ ތަކެތީގެ ޖުމްލަ ބަރުދަނުގައި 11،750 ގްރާމް ނުވަތަ 11.75 ކިލޯގްރާމް ހުރިކަމަށް އެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މި ތަކެތި އަތުލައިގަނެވުނީ ރާއްޖެއަށް ގެނެސްފައިވާ ދެ ޕެކޭޖެއް ސްކޭންކޮށް ބަލައިފާސްކުރުމުގެ ތެރޭގައެވެ. އޭގެ ސައްޙަކަމާމެދު ޝައްކުކުރެވިގެން އިތުރަށް ބެލިބެލުމުން މަސްތުވާތަކެތި ފޮރުވާފައި ހުރިކަން ވަނީ ހޯދިފައެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ވައިގެ މަގާއި ކަނޑުމަގުގެ އިތުރުން ކުރިއަރ މެދުވެރިކޮށް އެތެރެކުރާ މުދާ ހަރުދަނާ އުޞޫލުތަކެއްގެ މަތިން ކަސްޓަމްސްއިން އަންނަނީ ވަރަށް ގާތުން ބަލަހައްޓަމުންނެވެ.

ޓެގް

ކަސްޓަމްސް މަސްތުވާތަކެތި

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.