ޚަބަރު އުރަމަތީގެ ކެންސަރުގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

އުރަމަތީގެ ކެންސަރުގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

އުރަމަތީގެ ކެންސަރުގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާ ހޯދުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހަށިގަނޑުން އެއްވެސް އާދަޔާ ހިލާފު ބަދަލެއް ނުވަތަ އުރަމަތީގެ ކެންސަރަށް ޝައްކުކުރެވޭ ފަދަ އަލާމާތެއް ފެނިއްޖެނަމަ، ފަސްނުޖެހި އަވަހަށް ޑޮކްޓަރީ ފަރުވާ ހޯދުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.

އުރަމަތީގެ ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފެށި ސިމްޕޯޒިއަމް ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ކެންސަރާ ދެކޮޅަށް ކުރެވޭ ފަރުވާގެ އެންމެ ފުރަތަމަ މަރުހަލާއަކީ ހޭލުންތެރިކަން ކަމަށެވެ. އަދި ބަލީގެ ކުރީކޮޅު ފަރުވާ ފެށިއްޖެނަމަ، ބަލިން އަވަހަށް ފަސޭހަވުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަންހެނުން އަމިއްލަ ސިއްހަތާ މެދު އިތުރަށް ސަމާލުވެ، ހަށިގަނޑުން ފެންނަ ކަންކަމުގައި ފަސްނޭޅުމަށް އެދިވަޑައިގަންނަވަމުން މެޑަމް ސާޖިދާ ވަނީ، ކަންބޮޑުވާ ކަމެއް ފާހަގަވާ ވަގުތުން ފެށިގެން ސިއްހީ މާހިރުންގެ ލަފާ ހޯދުމުގައި އިސްނެގުމަށް ހުރިހާ އަންހެނުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މީގެއިތުރުން، ބަލި ދެނެގަތުމަށް ބޭނުންވާ މެމޮގްރަފީ އާއި ސްކޭން އަދި ލެބޯޓްރީގެ ޒަމާނީ ވަސީލަތްތައް ރަނގަޅުކުރުމާއެކު، ސިއްހީ ހިދުމަތްތެރިންގެ ހުނަރު ތަރައްގީކުރުން މުހިންމު ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ޖަޒީރާވަންތަ ގޮތުގެ ސަބަބުން ސިއްހީ ފަރުވާ ދިނުމަށް ހުރަހެއް އެޅިގެން ނުވާނެ ކަމަށާއި، ކޮންމެ ރަށެއްގައި ވެސް ފަރުވާގެ ނިޒާމު އިތުރަށް ހަރުދަނާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.

ޓެގް

މެޑަމް ސާޖިދާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.