ޚަބަރު ހަރުދަނާ ޝަޚުސިއްޔަތެއް ބިނާވަނީ، ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތަކުން: ވަޒީރު ހީނާ

ހަރުދަނާ ޝަޚުސިއްޔަތެއް ބިނާވަނީ، ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތަކުން: ވަޒީރު ހީނާ

ހަރުދަނާ ޝަޚުސިއްޔަތެއް ބިނާވަނީ، ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތަކުން:  ވަޒީރު ހީނާ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހަރުދަނާ ޝަޚުސިއްޔަތެއް ބިނާވަނީ ހަމައެކަނި ޢިލްމާއި ހުނަރު ލިބިގަތުމަކުން ނޫން ކަމަށާއި، ލިބިފައިވާ ޢިލްމާއި ހުނަރު ބޭނުންކުރާ ގޮތެއްގެ މައްޗަށް ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ، އައްޑޫ ބޮޑުފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާހަކަ ދެއްކުމުގެ މުބާރާތާއި، ޝައިޚް ހުސައިން ޝަރަފުއްދީނުގެ ހަނދާނީ ބަހުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ތެދުވެރިކަމާއި ޢިލްމީ ވިސްނުމަށް ލޯބިކުރުން ފަދަ ހަރުދަނާ ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގަންނަނީ ބަހުސާއި ވާހަކަ ދެއްކުމުގެ ފަދަ ތަރުބަވީ ހަރަކާތްތަކުން ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި، ޒަމާނީ ޓެކްނޮލޮޖީ ހަލުވިކަމާ އެކު ކުރިއަރަމުންދާ ދުނިޔެއެއްގައި، ތަފާތު ހިޔާލުތަކާ ކުރިމަތިލާން ދަސްކޮށްދިނުމާއި، ވިސްނުންތެރިކަމާ އެކު ވާހަކަ ދެއްކުމުގެ ހުނަރު ދަރިވަރުންގެ ކިބައިގައި ހޯދައިދިނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ދަރިވަރުންގެ ހިޔާލުތަކަށް ޖާގަދީ، އީޖާދީ ވިސްނުންތަކަށް ހިތްވަރުދިނުމަކީ ދަރިވަރުންގެ ނަފްސަށް ކުރާ ބޮޑު ހެޔޮ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ހީނާ ވާހަކަފުޅު ނިންމަވާލެއްވީ ޢިލްމީ ފަސްގަނޑެއްގެ ގޮތުގައި ތާރީޚީ ގޮތުން ފާހަގަވެފައިވާ އައްޑޫ އާއި ފުވައްމުލަކުގެ ބައިވެރިންނަށް ހެޔޮ ދުޢާ ކުރައްވަމުންނެވެ.

މި މުބާރާތަކީ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާއި، ސަގާފަތާ ބެހޭ ވުޒާރާ، އައްޑޫ ސިޓީ ކައުންސިލް، އަދި ދިވެހިބަހުގެ އެކެޑަމީ ގުޅިގެން، އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލުތަކާއި މުއައްސަސާތަކަށް ހުޅުވާލައިގެން ހިންގާ މުބާރާތެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.