ލައިފްސްޓައިލް

ކުކުޅު ބިހަކީ ބަރުދަން ލުއިކުރުމަށް އެހީވެދޭ އެއްޗެއްކަން އެނގޭތަ؟

ގިނަމީހުންނަކީ އެމީހުންގެ ދުވަހީ ކެއުމުގައި ކޮންމެވެސް މިންވަރަކަށް ކުކުޅުބިސް ބޭނުންކުރާނެ މީހެކެވެ. އެއީ ފެނަށްކައްކައިގެން ، ނުވަތަ ބިސްގަނޑު އަޅައިގެން ނުވަތަ އޮމްލެޓްގެ ގޮތުގައި ކަމަށްވެސް ވެދާނެއެވެ. ނޫންނަމަ ކޮންމެވެސް އެހެން އެއްޗެއްގެ ތެރެއަށް ބިސް އަޅައިގެން ކާ ކެއުން ކަމުގައިވެސް ވެދާނެއެވެ. މިއިން ކޮންމެ ގޮތަކަށް ބިސްކޭ ކަމުގައިވިޔަސް އާދަވެގެން ބިސްކާނަމަ ހަށިގަނޑުގެ ބަރުދަން ލުއިކޮށްދިނުމަށް ވަރަށް ބޮޑު އެހީތރިކަމެއް ލިބިގެންދާނެކަން މިވަނީ ފަހުގެ ދިރާސާއަކުން ކަށަވަރު ވެފައެވެ.

ފަހުގެދިރާސާއަކުން ދެއްކި ގޮތުގައި ހަފްތާއަކު ފަސް ދުވަހު ކޮންމެދުވަހަކުވެސް މަދުވެގެން ބިހެއް ނުވަތަ ދެބިސް ކާނަމަ ހަށިގަނޑު ކޮންޓްރޯލް ނުވާ މިންވަރަކަށް ފަލަވެގެނެއް ނުދާނެއެވެ. އެދިރާސާއިން ދެއްކީ ކުކުޅު ބިސް ނުކާ މީހުންނަށްވުރެ، އާދަވެގެން ބިސްކާމީހުންގެ ހަށިގަނޑުގެ ބަރުދަން ލުއިކަމެވެ.

މި ދިރާސާއިން އެނގިފައިވަނީ ބިހަކީ ނިއުޓްރިޝަން ޑައިޓެއް ނުވަތަ ސްލިމަރ ބިލްޑެއްގެ ކަމެވެ. އޭގެ ސީދާ ހެއްކެއް ނުލިބުނު ނަމަވެސް، މި ހޯދުންތަކުން ދައްކާ ގޮތުގައި ބިސް ކެއުމުން ދުޅަހެޔޮ ހަށިގަނޑެއް ލިބޭނެ ކަމަށް ސައިންސްވެރިންނަށް ވަނީ ޔަގީންވެފައެވެ.

ސްޕެއިންގެ ދިރާސާވެރިން ވަނީ ޔުނިވާސިޓީގެ 355 ދަރިވަރުންގެ ހަށިގަނޑުގެ ދުޅަހެޔޮކަން އަޅާކިޔައި ބިސް ކެއުމުން ހަށިގަނޑުގެ ހެދިބޮޑުވުމަށް އަސަރުކުރާތޯ ބަލާފަ އެވެ. ކްލިނިކަލް ނިއުޓްރިޝަންގައި ޝާއިއުކުރި މި ދިރާސާގައި ބައިވެރިވި މީހުންގެ އުމުރަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ. އެމީހުންގެ އިސްކޮޅާއި ބަރުދަން ވަޒަންކުރުމާއެކު އުނަގަނޑުގެ ވަށަމިން ރެކޯޑްކޮށް ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) ސްކޯ ހޯދި އެވެ.

ބައިވެރިން ގްރޫޕްތަކަށް ބަހާލާފައިވަނީ ކިހާ ގިނައިން ބިސް ކާމީހުންނާއި، ހަފްތާއަކު އެއްފަހަރަށްވުރެ މަދުން ބިސްކާމީހުންނާއި، މަދުވެގެން ފަސް ފަހަރު ބިސްކާމީހުންގެ ގްރޫޕްތަކަކަށެވެ. މި ދިރާސާގައި ބިސް ކައްކާފައި ހުރި ގޮތް ރެކޯޑްކޮށްފައި ނުވާތީ، އޮމެލެޓެއް ނުވަތަ ފެނަށް ކައްކާފައި ހުރި ބިސް ކެޔަސް އެއްވެސް މައްސަލައެއް ނެތެވެ.

ދިރާސާއިން ދެއްކި ނަތީޖާއަކީ އާދަވެގެން ގިނައިން ބިސްކާމީހުންގެ ބަރުދަން ލުއިވެފައި ހަށިގަނޑުގެ ދުޅަހެޔޮކަން އިތުވެފައިވާކަމެވެ. އަދި ބިހަކީ ސިއްޙީ ގޮތުން އިންސާނާގެ ހަށިގަނޑަށް އެއްވެސް ނުރައްކަލެއް ނެތް އެއްޗެއްކަމެވެ.

ނޯޓް:

މިދިރާސާއަކީ ޑޮކްޓަރީ އެއްވެސް ހެއްކެއްގެ މައްޗަށް ބުރަވެ ހަދާފައިވާ ދިރާސާއަކަށް ނުވާތީ މިފަދަ ތަޖްރިބާއެއް އަމިއްލައަށް ކުރުމުގެ ކުރިން ސިއްހީ އެހީތެރިއެއްގެ އިރުޝާދު ހޯދުމަކީ މުހިންމު ކަމެއްކަމުގައި ދެކެމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close