ޚަބަރު

އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް ފޮނުވާލައިފި ކަމަށް ޖަޕާނުން ބުނެފި

ސީއެންއެން- އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލެއް ކަމަށް ޝައްކުކުރެވޭ އެއްޗެއް ފޮނުވާލި ކަމަށް ޖަޕާން ސަރުކާރުން މިދިޔަ އާދީއްތަ ދުވަހު ބުނެފިއެވެ.

ޖަޕާން ކޯސްޓްގާޑުން ރިޕޯޓްކޮށްފައިވާ ގޮތުގައި އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލް މިހާރު ވެސް ވެއްޓިފައިވާ ތަން ފެނެ އެވެ.

ސަރުކާރުން ފޯރުކޮށްދޭ މައުލޫމާތަށް ސަމާލުކަން ދިނުމަށާއި ކަނޑަށް ވެއްޓިފައިވާ އެއްވެސް އެއްޗަކާ ކައިރިނުވުމަށް ކޯސްޓްގާޑުން ވަނީ އަންގާފައެވެ. އަދި އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އުޅަނދުތަކަށް ލިބިއްޖެނަމަ ރިޕޯޓް ކުރުމަށް ވެސް ވަނީ އެދިފަ އެވެ.

އަންގާރަ ދުވަހު އުތުރު ކޮރެއާއިން އިންޒާރެއް ނުދީ، އިތުރު މިސައިލެއް ފޮނުވާލިއިރު، އެ މިސައިލް ޖަޕާނުގެ މައްތިން އުދުހިގެން ގޮސްފައެވެ. އެކަމާ ގުޅިގެން ޖަޕާނުން ވަނީ ރައްކާތެރިވެ ތިބުމަށް އެގައުމުގެ ރައްޔިތުންނަށް އިންޒާރު ދީފަ އެވެ.

އަންގާރަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޖަޕާނުގެ އުތުރުގެ މަތިން ދަތުރުކުރި މި މިސައިލް ޕެސިފިކް ކަނޑަށް ވެއްޓުނު ކަމަށް ބެލެވެ އެވެ. އެންމެ ފަހުން އުތުރު ކޮރެއާއިން ޖަޕާނުގެ މަތިން ބެލިސްޓިކް މިސައިލެއް ފޮނުވާލީ 2017 ވަނަ އަހަރު އެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޯނީ ބްލިންކެން އިންޒާރު ދެއްވީ އަންގާރަ ދުވަހު އުތުރު ކޮރެއާ އިން ބެލިސްޓިކް މިސައިލް ފޮނުވާލުމާ ގުޅިގެން ދަތިކުރުމުގެ އިތުރުފިޔަވަޅުތައް އަޅައި، އެޤައުމު އިތުރަށް އެކަހެރިކޮށް އެމީހުންގެ އަމަލުތަކަށް ރައްދުދީ ފިޔަވަޅުތައް އިތުރުވާނެ” ކަމަށެވެ.

އެމެރިކާގެ ޓްރެޜަރީ އެންޑް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވަނީ، އެމެރިކާއިން އާ ދަތިކުރުމުގެ ފިޔަވަޅުތައް ހުކުރު ދުވަހު އަޅާފައިވަނީ، އުތުރު ކޮރެއާއިން ދާދިފަހުން ބެލިސްޓިކް މިސައިލް ޓެސްޓުކުރުމުން ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close