ޚަބަރު ރަސްމާލޭގައި 20 ބިލިއަން ޑޮލަރު އިންވެސްޓްކުރާ އީގަލްސް ހިލްސްގެ ޗެއާމަން މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރު އިންވެސްޓްކުރާ އީގަލްސް ހިލްސްގެ ޗެއާމަން މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރު އިންވެސްޓްކުރާ އީގަލްސް ހިލްސްގެ ޗެއާމަން މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ ތާރީޚުގައިވެސް ހިންގާ އެންމެ ބޮޑު އިންވެސްޓްމަންޓް ކަމަށްވާ ރަސްމާލެ މަޝްރޫޢުގެ ކަންކަމުގައި، ޔޫއޭއީގެ އީގަލްސް ހިލްސް ކުންފުނީގެ ޗެއާމަން މުޙައްމަދު އަލައްބާރު މާދަމާ ހެނދުނު ރާއްޖެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ރާއްޖޭގެ މީޑިއާތަކަށް ޚާއްޞަ އިންޓަވިއުތަކެއް ދެއްވުމުގެ އިތުރުން، ރާއްޖޭގެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ ފަރާތްތަކާ އޭނާ ބައްދަލުކުރައްވާނެއެވެ. އަދި މާދަމާ މެންދުރު މީޑިއާތަކަށާއި ވިޔަފާރިވެރިންނަށް ޚާއްޞަ ފަރިއްކޮޅެއް ދެއްވުމަށް ހަމަޖެހިފައިވާއިރު، މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ފުރާވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހުއެވެ.

ރަސްމާލެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން އީގަލްސް ހިލްސްއިން ހުޅުމާލޭގައި 5،000 ފްލެޓް އިމާރާތްކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި ރަސްމާލޭގައި ތަރައްޤީކުރާ 8،800 އަށްވުރެ ގިނަ ޕްރޮޕަޓީގެ ލީސް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީގެ އިންސައްތައިގެ 10 ދައުލަތަށް ދެއްކުމަށް ވަނީ އެއްބަސްވެފައެވެ.

ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ރަސްމާލޭގެ 500 ހެކްޓަރުގެ ސަރަހައްދުގައި ބައިނަލްއަގުވާމީ ފެންވަރުގެ މެރީނާއަކާއި، މަތީ ފަންތީގެ ރެސިޑެންސްތަކާއި، ވިޔަފާރިއާއި އިޖުތިމާއީ ތަފާތު ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫޢުގައި އިންވެސްޓްކުރުމުގެ ކުރިން އަލައްބާރު ވަނީ ސީޕްލޭންގައި ރާއްޖޭގެ އެކި ސަރަހައްދުތައް ބައްލަވައި ދިރާސާ ކުރައްވާފައެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރްޖް ޚަލީފާއާއި ދުބާއީ މޯލް ތަރައްގީކުރި އިމާރް ކުންފުނީގެ ވެސް ވެރިޔާ އަލައްބާރުގެ އީގަލްސް ހިލްސްއަކީ 18 އަށްވުރެ ގިނަ ގައުމުގައި އިންވެސްޓްކޮށް، 45 ހޮޓާ ހިންގަމުން އަންނަ ބައިނަލްއަގުވާމީ ފެންވަރުގެ ރިއަލް އެސްޓޭޓް ކުންފުންޏެކެވެ.

ޓެގް

ރަސްމާލެ އީގަލްސްހިލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.