ޚަބަރު ލަންދޫ މޮނިޓަރިންގެ ޙާލަތަށް ގެނެސްފި

ލަންދޫ މޮނިޓަރިންގެ ޙާލަތަށް ގެނެސްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނ.ލަންދޫން ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

މިއަދު ލަންދޫން 3 މީހަކު ޕޮޒިޓިވް ވެފައިވާއިރު އެ ތިންމީހުންނަކީ ވެސް ޢަލާމަތް ފެނިގެން އަމިއްލައަށް އެދިގެން ޓެސްޓް ކުރި ފަރާތްތައްކަމަށް މަޢުލޫމާތު ލިބެއެވެ.

މިތިންފަރާތް އެރަށުން ޕޮޒިޓިވް ވުމާއިގުޅިގެން ލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާއިރު އެރަށުގައިވަނީ މީހުން ބޭރަށް ނުކުމެ އުޅުންވެސް ޓާސްކް ފޯސްގެ ފަރާތުން މަނާކޮށްފައެވެ.

ލަންދޫ ޕްރީސްކޫލާއި، ލަންދޫ ސްކޫލްގެ ކިޔެވުން މެދުކަނޑާލަން އަންގާފައިވާއިރު ، އެރަށުގައި މިސްކިތުގައި ޖަމާޢަތް ހަދައިގެން ނަމާދުކުރުންވެސް ވަނީ މެދުކަނޑާލައިފައެވެ.

ލަންދޫ ކައުންސިލާއި ހަވާލާދީ މަޢުލޫމާތު ލިބިފައިވާ ގޮތުގައި މީހުން ބޭރަށް ނުކުމެ އުޅުން މަނާކޮށްފައިވަނީ ކޮންޓެކްޓް ޓްރޭސިންގ ނިމެންދެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮންޓްރެކްޓް ޓްރޭސިން ނެގުމުގެ މަސައްކަތްތައް މިހާރު އެރަށުގައި ދަނީ ކުރިއަށެވެ.

މުޅިރާއްޖެއިން މިހާތަނަށް 63 ރަށެއް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާއިރު ލަންދޫއާއި އެކު ނ.އަތޮޅުގެ 4 ރަށެއް ވަނީ މިވަގުތު މޮނިޓަރިންގެ ހާލަތުގައެވެ. އެއީ ނ.ކެނދިކުޅުދޫއާއި، ނ.މާޅެންދޫ އާއި، ނ.މިލަދޫ އެވެ.

ޓެގް

ކޮވިޑް-19 ލަންދޫ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.