ޚަބަރު

ފުވައްމަލުކުން ހޯމްކަރަންޓީނުގައި ހުރިމީހަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ޕޮޒިޓިވްވެއްޖެ

މިމަހުގެ 4 ވަނަ ދުވަހު ފުވައްމުލަކުގައި ހޯމް ކަރަންޓީނުގައިހުއްޓައި ޕޮޒިޓިވްވި މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތެއް ޕޮޒިޓިވްވެއްޖެއެވެ.

ފުވައްމުލަކު ހޮސްޕިޓާ މިވަގުތު ހިންގުމައި ހަވާލުވެހުރި ޚަދީޖާ މިނޫހަށް ވިދާޅުވީ މިއަދު ޕޮޒިޓިވް ވެފައި ވަނީ 4 އޭޕްރީލް 2021 ވަނަ ދުވަހު ހޯމް ކަރަންޓީނުގައ ހުއްޓާ އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ފަރާތަކާއި ކޮންޓެކްޓްވެފައިވާ މީހެއް ކަމަށެވެ. ފުވައްމުލަކު ސިޓީގައި މިވަގުތު ޕޮޒިޓިވް ވެފައިވާ 10 މީހަކު ހުރި އިރު، މީގެ ކުރިން އެ ސިޓީގައި ވަނީ ވަރަށް ބޮޑަށް ކޮވިޑް ފެތުރި ރަށް މޮނިޓަރިންއަށްލާފައެވެ.

ފުވައްމުލަކުން އަލުން  ކޮވިޑް ކޭސްތައް ފެނިފައި މިވަނީ އެރަށުގައި ގެސްޓްހައުސްއެއްގައި ހުރި ޓޫރިސްޓެއްގެ ފަރާތުންނެވެ.

އެގޮތުން ފުވައްމުލަކު ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ އަރިދަފުސް ރޯގާގެ އަލާމާތްތައް ހުރެގެން އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކަށް ދެއްކި ޓޫރިސްޓެއްގެ ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށެވެ.

މީގެ އިތުރުން ފުވައްމުލައް ސިޓީއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މި ޓޫރިސްޓްގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން 2 ޑައިރެކްޓް ކޮންޓެކްޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށާއި، މިކޭސްތަކާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުންދާކަމުގައި ޚަދީޖާ ވިދާޅުވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close