ޚަބަރު

ނަކަލު ކޮށްފައިވާ ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓައިފި

އޮޅުވާލައިގެން ކާކުކަން ނޭންގޭގޮތަށް ނަކަލު ކޮށްފައިވާ ވަގު ޕާސްޕޯޓެއްގައި ރާއްޖެ އެތެރެވާން އުޅުނު މީހަކު ރާއްޖޭގެ އިމިގުރޭޝަނުން ހިފަހަޢްޓައިފިއެވެ.

އިމިގުރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވުމަށް މަސައްކަތްކުރި އުމުރުން 28 އަހަރުގެ ބިދޭސީ ފިރިހެނަކު ހިފަހައްޓައިފައި ވާކަމަށެވެ.

މި ބިދޭސީ މީހާއަކީ ކޮން ގައުމަކުން ރާއްޖެ އެތެރެވާން އުޅުނު މީހެއްކަމާއި އަދި މިމީހާއަކީ ކޮން ގައުމެއްގެ މީހެއްކަން އިމިގުރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މީގެކުރިންވެސް ޝަޙްސު އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ މީހުން ވަނީ އިމިގްރޭޝަނުން ހުއްޓުވާފައެވެ.

ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ސަލާމަތީ ބާރުތަކާގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިމަސައްކަތްތަކުގެ ތެރެއިން އިމިގްރޭޝަނުން ދޫކޮށްފައިވާ ވޯކް ވިސާއާއި ޚިލާފުވެފައިވާ ދެބިދޭސީއަކުވަނީ ރާއްޖެއިން ޑީޕޯޓުވެސް ކޮށްލާފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close