ބޭރުދުނިޔެވިޔަފާރި

ދުނިޔޭގެ އެންމެ އަގުހުރި ކުންފުންޏަށް އެޕަލް

މިވަގުތު ދުނިޔޭގައި އޮތް އެންމެ އަގުހުރި ޕަބްލިކްލީ ކުންފުންޏަކަށް މަޝްހޫރު ޓެކް ކުންފުނި، “އެޕަލް” ވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހާ ޖެހެންދެން މިމަޤާމްގައި ކުރިންއޮތީ ސައުދީ އަރަބިއްޔާގެ ގައުމީ ތެޔޮކުންފުނި އާރަމްކޯ އެވެ.

ސީއެންބީސީ އިން ޢާއްމުކުރި ރިޕޯޓެއް ބުނާގޮތުން ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަކަށް އެޕަލް ކުންފުނިވެފައިވަނީ އެކުންފުނީގެ އަގު 1.84 ޓްރިލިއަން ޑޮލަރަށް އެރުމުންނެވެ. އާރަމްކޯ ގެ އަގުއުޅެނީ 1.76 ޓްރިލިއަން ޑޮލަރުގައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި ކުންފުނީގެ މަޤާމަށް އެޕަލްއައި އިރު ދުނިޔޭގެ މަޝްހޫރު އެހެން ބޮޑެތި ކުންފުނިތައް މިވަނީ ފަހަތަށް ޖައްސާލައިފައެވެ. އެގޮތުން ފޭސްބުކާއި، ގޫގުލްއާއި، އެމެޒޯން ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ 3 ވަނަ ކްއާޓަރާ ހަމައަށް އަންނައިރު އެޕަލް ކުންފުނީގެ މިއަހަރުގެ ޖުމުލަ ރެވެނިއު 59.7 ބިލިއަންޑޮލަރަށް އަރާފައިވާއިރު އެއީ މިދިޔައަހަރާ އަޅާބަލާއިރު 11 ޕަސަންޓްގެ ކުރިއެރުމެކެވެ.

ކުންފުނީގެ ޑިވައިސްތަކުގެ ޑިމާންޑް ދުނިޔޭގައި ބޮޑުވެފައިވާކަން ފާހަގަކޮށް އެޕަލް ކުންފުނިން ބުނެފައިވަނީ ފައިވަނީ ކޮވިޑް-19 ބަލިމަޑުކަމުގައި އެކުންފުނީގެ މެކް އާއި، އައިޕެޑް ގެ ވިޔަފާރި އާދަޔާ ޚިލާފަށް ފުޅާވެގެން ގޮސްފައިވާކަމަށެވެ.

1976 ވަނަ އަހަރު އެޕަލް ކުންފުނި ވުޖޫދަށް އައީ ކޯ-ފައުންޑަރ ސްޓީވް ޖޮބްސްގެ ގަރާޖުންނެވެ. އެންމެ ފުރަތަމަ އެޕަލް މަޝްހޫރު ވެގެންދިޔައީ އެކުންފުނިން އުފައްދާ ‘މެކް’ ކޮމްޕިއުޓަރުތަކުގެ ސަބަބުންނެވެ. އެއަށްފަހު އެޕަލް އިން އެކުންފުނީގެ ފުރަތަމަ ސްމާޓްފޯން އުފެއްދުމާއެކު، އެޕަލް ވެގެންދިޔައީ ސްމާޓްފޯން އުފައްދާ އެންމެ މަޝްހޫރު އެއް ކުންފުންޏަށެވެ.

2011 ވަނަ އަހަރު އެޕަލްގެ ކޯ-ފައުންޑަރ ސްޓީވް ޖޮބްސް ނިޔާވުމާއި ގުޅިގެން، އެ މަޤާމާއި ހަވާލުވީ އެކުންފުނީގެ މިހާރުގެ ސީއީއޯ ޓިމް ކުކް އެވެ. އޭނާގެ ލީޑަރޝިޕްގެ ދަށުން އެޕަލް ތަރައްޤީކުރި އައިފޯންތަކުގެ ސަބަބުން އެކުންފުނީގެ އަގު ވަނީ ވަރަށް ބޮޑަށް މަތިވެފަ އެވެ.

2006 ވަނަ އަހަރު އެޕަލްގެ ސޭލްސްތައް އުޅުނީ 20 ބިލިއަން ޑޮލަރަށްވުރެ ވެސް ދަށުގައެވެ. އަދި އެއިރު އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބުނީ ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close