ޚަބަރު

ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ ބައެއް އޮޑިޝަންތައް ކޮވިޑް-19 އާއި ގުޅިގެން ކެންސަލްކޮށްފި

ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 އާއި ގުޅިގެން ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ އަތޮޅުތެރޭގެ އޮޑިޝަންތައް ކެންސަލްކޮށްފިއެވެ.

އެގޮތުން ޕީއެސްއެމް ކުޑަކުދިންގެ ޤުރުއާން މުބާރާތުގެ ކުޅުދުއްފުށީ އޮޑިޝަނާއި، ފ ނިލަންދޫ އަދި ފުވައްމުލަކު އޮޑިޝަން މިހާތަނަށް ވަނީ ކެންސަލްކޮށްފައެވެ.

ޕީއެސްއެމްއިން ހާމަކޮށްފައިވާ ގޮތުގައި އޮޑިޝަންތައް ކެންސަލްކޮށްފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން، ގިނަ މީހުން އެއްވެގެން ކުރިއަށް ގެންދާ ހަރަކާތްތައް މަޑުޖައްސާލުމަށް ކަމާއި ބެހޭ އިދާރާތަކުން ލަފާ ދެއްވާފައި ވާތީއެވެ.

މި މާރިޗު މަސްތެރޭގައި ބޭއްވުމަށް ހަމަޖެއްސި މިއޮޑިޝަންތައް ކެންސަލްކުރި އިރު، މިމުބާރާތުގެ މާލޭގެ އޮޑިޝަންތައް ފެބުރުއަރީމަހުގެ ފަހުކޮޅުގައި ވަނީ ބާއްވާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައިވެސް ރައްކާތެރި ފިޔަވަޅުތައް އެޅުމުގެ ގޮތުން ސްކޫލުތަކުގައި ހިންގޭ އިތުރު ހަރަކާތްތައްވެސް ވަނީ ހުއްޓާ ލާފައެވެ.

އަދި ރާއްޖެއަށްވެސް ކޮވިޑް-19 އައުމުގެ ފުރުޞަތު ބޮޑުވެފައި ވާތީ، ރައްކާތެރި ކަމުގެ ފިޔަވަޅުތައް ސަރުކާރުން ގެންދަވަނީ ވަރުގަދަ ކުރައްވަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close