ޚަބަރު

ކުޑަކުދިންގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާދިމާކޮށް ޕީއެސްމްއިން ގެނެސްދޭ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ މެނޭޖަރ ރޭޑިއޯ ޕްރޮޑަކްޝަން ނަސްރުﷲ އިދްރީސް ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރުގެ އޮޑިޝަން ތައް ކުރިއަށް ގެންދިޔުމުގައި ބައެއް ބަދަލުތައް ގެނެސްފައިވާކަމަށެވެ. އެގޮތުން އޮޑިޝަންގައި ބައިވެރިވުމަށް މިފަހަރުގެ މުބާރާތުގައި ކިޔު ނަންބަރެއް ދޫކުރާނެކަމަށެވެ. ކިޔުނަމްބަރު ނެގުމުގެ ފުރުޞަތުވެސް މިހާރުވަނީ ހުޅުވާލައިފައެވެ.

އެގޮތުން އަންނަ ހަފްތާ ބަންދުގައި ކުރިއަށްދާ މާލޭގެ އޯޑިޝަންގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް މިހަފްތާގެ ތެރޭގައި ކިއު ނަންބަރު ދޫކުރާނެއެވެ. ކިއުނަމްބަރު ދޫކުރާނީ މާފަންނުގައި ހުންނަ ރޭޑިއޯ ބިލްޑިންގގެ ކައުންޓަރުންނެވެ.

“އެހެން އަހަރުތަކާއި ޚިލާފަށް މިއަހަރު އޯޑިޝަންގައި ބައިވެރިވުމަށް ކިޔު ނަންބަރެއް ނަގަން އެބަޖެހޭ. މިނަންބަރު ނެގީމަ ކުއްޖާއަށް އިނގޭނެ އޯޑިޝަންއަށް އަންނަންވާ ދުވަހާއި ކިޔަވަން ހަމަޖެހިފައިވާ މުޤައްރަރުވެސް. މީގެ ސަބަބުން ކުރިއާ ޚިލާފަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. މިއަހަރުގެ އޯޑިޝަންގައި ގާތްގަނޑަކަށް 15 ވަރަކަށް މިނިޓުގެ ތެރޭގައި ކިޔަވާ ނިމޭނެ.” ނަސްރުﷲ ވިދާޅުވިއެވެ.

މާލޭގެ އިތުރުން މިފަހަރުގެ އޮޑިޝަންތައް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހދ.ކުޅުދުއްފުޓައި ފ.ނިލަންދޫގެ އިތުރުން ފުވައްމުލައް ސިޓީގައެވެ. އަދި އަންނަ މާޗުމަހުގެ ތެރޭގައި މިރަށްރަށުގެ އޯޑިޝަންތައް ފަށާނެކަމަށް ނަސްރުﷲ އިދްރީސް ވިދާޅުވިއެވެ.

“މީހުން ހީކޮށްފާނެ އަޅުގަނޑުމެން ހަމައެކަނި ފޯކަސް މިކުރަނީ މާލޭގެ އިތުރުން މި 3 ސަރަޙައްދަށޭ. އެކަމަކު އަސްލު މިއިން ކޮންމެ ސަރަޙައްދެއްގައިވެސް އޯޑިޝަންކޮށް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްވެސް އޮންނާނެ.” ނަސްރުﷲ ވިދާޅުވިއެވެ.

ޕީއެސްއެމްގެ ޗެނަލްތަކުން ދުރަށް ފޮނުވާނީ އޮޑިޝަނުން ފާސްވެ މުބާރާތުގައި ކިޔަވާ ދަރިވަރުންގެ ކިޔެވުމެވެ. އަދި އޮޑިޝަންއިން ހޮވޭ ކުދިންގެ ތެރެއިން މުބާރާތުގައި ކިޔަވާ ދަރިވަރުންގެ މެދުގައި ވަނަތައް ހޮވައި އިނާމްދޭނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close