ޚަބަރު

މަސްތުވާތަކެއްޗާއެކު ބީދޭސީއަކު މާފުށިން ހައްޔަރުކޮށްފި

ޕޮލިސް އިންޓެލް އާއި މާފުށީ ޕޮލިސްގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ބަލައިފާސްކުރި ފިހާރައަކުން މަސްތުވާތަކެއްޗާއެކު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ރޭ ކ.މާފުށި ފިހާރައެއް ބަލައިފާސްކޮށް މަސްތުވާ ތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ 25 އަހަރުގެ ގެ ބިދޭސީއެއްކަމަށް ފުލުހުން ވިދާޅުވެއެވެ.  

އެމީހާގެ އަތުން މަސްތުވާތަކެތި ހުރި 108 ރަބަރު ޕެކެޓާއި 1 ޖޫސްޕެޓީ ކޮތަޅު ހޯދާފައިވާކަމަށްވެސް ފުލުހުންވިދާޅުވެއެވެ.

އަދި މީގެ އިތުރުން ރޭ މާލޭގެ ގެއެއްގެ ތެރޭގައި ބަނގުރާ ބޮއެގެން ޕާޓީ ކުރަން ތިބި ހަތަރު މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން މިރޭ ކޯޓު އަމުރެއްގެ ދަށުން މާފަންނުގައި ހުރި ގެޔެއް ބަލައި ފާސްކުރުމަށް ފުލުހުން ވަދެ އެގެއިން ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ފުލުހުން އެގެއަށް ވައްނަން ފެށުމުން އެގޭގެ ބެލްކަނީގައި ހުރި މީހަކުވަނީ ބަނގުރާ ފުޅިތަކެއް މަގުމައްޗަށް އުކާލައިފައެވެ.

ފުލުހުން އެގެ ބަލައި ފާސްކޮށް ދެދަޅު ބިޔަރާއި އެއްފުޅި ބަނގުރަލާއި، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި ދެ ތެޔޮ ޕީސް އަދި ފަސްރަބަރު ޕެކެޓް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.

މިމައްސަލައިގައި ހަތަރު ދިވެހިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވި ނަމަވެސް އެމީހުންނާއި ބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

އާއަހަރާއި ދިމާކޮށް ކުށްކުރުން އިތުރުވާތީ ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް މާލޭގައި ފަށާފައެވެ.

މި އޮޕަރޭޝަންގައި ބައެއް ތަންތަނާއި ވެހިކަލްތަކާއި މީހުން ފާސްކުރަމުން އެބަގެންދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close