ޚަބަރު

އެއްވަނައަށް ހޮވޭ ފަރާތަކަށް ޢުމުރާ ދަތުރެއް ލިބޭ ޤުރުއާން މުބާރާތެއް ލަންދޫގައި ފަށައިފި

މުޅި މުބާރާތުގެ އެއްވަނައަށް ހޮވޭ ފަރާތަކަށް ޢުމުރާދަތުރެއް ލިބޭ ޤުރުއާން މުބާރާތެއް ރޭ ނ.ލަންދޫގައި ފަށައިފިއެވެ.  ލަންދޫގައި ހިންގާ ޤުރުއާން ކްލާހެއްކަމަށްވާ ތަރުތީލުލް ޤުރުއާން އިންސްޓިއުޓް (ޓީ.ކިޔު.އައި) ގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ މި މުބާރާތަކީ އެޤުރުއާން ކްލާހުގެ 3 ވަނަ ޤުރުއާން މުބާރާތެވެ.

އެ އިންސްޓިޓިއުޓުގެ މަސްޢޫލުވެރިޔާ އަލްފާޟިލް ޢަލީ ޒިޔާދު ނާރެސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ މުބާރާތުގެ އެއްވަނައަށް ހޮވޭފަރާތަކަށް ހުށަހަޅާފައިވާ ޢުމުރާ ދަތުރަކީ މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ހާރޫނު (ބަގޭ) ޓީ.ކިޔު.އައި ގެ ދަރިވަރުންނަށް ދެއްވި އަގުބޮޑު ހަދިޔާއެއް ކަމަށެވެ.

މުބާރާތުގެ އެހެނިހެން ވަނަތަކަށްވެސް ވަރަށް ގިނަ އިނާމުތައް ކަނޑައެޅިފައިވާ މި މުބާރާތް ރޭ ލަންދޫސްކޫލްގައި ފަށާފައިވާއިރު މުބާރާތް އިންސާފުކޮށްދެނީ ރާއްޖޭގެ މަޝްހޫރު ބޮޑެތި މުބާރާތްތަކުގައިވެސް ފަނޑިޔާރުކަން ކޮށްފައިވާ ފެންވަރު ރަނގަޅު ފަނޑިޔާރުން ކަމަށް ޓީކިއުއައި އިން މަޢުލޫމާތު ދެއްވައެވެ.

ރޭ 8 ޖެހިއިރު ފެށި މިމުބާރާތުގެ ފުރަތަމަ ދަންފަޅީގެ ކިޔެވުން ރޭ ވަނީ ނިންމާލައިފައެވެ. ޖުމުލަ 128 ފަރާތަކުން ބައިވެރިވި މިމުބާރާތުގައި 21 އަހަރުން މަތީގެވެސް ގިނަ ޢަދަދެއްގެ ބައިވެރިން ހިމެނޭކަމަށް ޓީކިއު އައި އިން މަޢުލޫމާތު ދެއްވައެވެ.

ޓީކިއުއައިން މަޢުލޫމާތު ދެއްވާގޮތުގައި މިއީ ލަންދޫގެ ތާރީޚުގައިވެސް ޤުރްއާން މުބާރާތެއްގައި 1 ވަނައަށްދާ ފަރާތަކަށް މިހާބޮޑު އިނާމެއް ލިބިގެންދާ ފުރަތަމަ ފަހަރެވެ.

މި މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ހުކުރުދުވަހުގެ ރޭ ކަމަށް ޓީކިއު އައި އިން މަޢުލޫމާތު ދެއްވައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close