ޚަބަރު

ޤުރުއާން މުބާރާތުގައި ކުށް ކިޔޭ ދަރިވަރުގެ ވީޑިއޯ ދައުރުނުކުރުމަށް އެދިވަޑައިގެންފި

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން އިންތިޒާމް ކުރައްވައިގެން މިހާރު ކުރިއަށްދާ ކީރިތި ޤުރުއާން ކިޔެވުމުގެ 33 ވަނަ ޤައުމީ މުބާރާތުގައި ދަރިވަރަކަށް ކުށްކިޔޭ ވީޑިއޯ ދައުރު ނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އެދިވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދުކުރި ޓުވީޓުގައި ބުނެފައިވަނީ، 33 ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި ދަރިވަރުންނަށް ކުށްކިއިފައިވާ ވީޑިއޯ، ދަރިވަރުންގެ ޙައްޤަށް އުނިކަން އަންނަ ގޮތަށް، ދައުރުކުރަމުންދާކަން މިނިސްޓްރީއަށް ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ. ވީމާާ އެކަން އެހެން ނުކުރުމަށް އެންމެހާފާރާތް ތަކަށް ނަސޭޙަތްތެރިވާ ކަމަށެވެ.

މިނިސްޓްރީން މިގޮތަށް ބުނެފައި މިވަނީ ރެއިން ފެށިގެން މީސްމީޑިއާގައި މިފަދަ ވީޑިއޯއެއް އާންމުވެގެން ގޮސްފައި ވަނިކޮށެވެ. މިވީޑިއޯ މަޖަލަކަށް ހަދައި ގިނަބަޔަކުދަނީ ޝެއަރ ކުރަމުންނެވެ. ނަމަވެސް މިއަމަލަކީ ބުލީކުރުމުގެ އަމަލެއް ކަމަށްބުނެ ބައެއް ފަރާތްތަކުން އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކޮށްފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

ޤައުމީ ޤުރުއާން މުބާރާތް ފަށައިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މިމުބާރާތުގައި ޖުމްލަ 1،273 ދަރިވަރުން ބައިވެރި ވެފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close