ދީން

އަޅުގަނޑު ޙައްޖަށް ނުގޮސް ބައްޕަ ޙައްޖަށް ފޮނުވިދާނެތޯ؟

الحمد الله والصلاة والسلام على رسول الله وعلى آله وصحبه ومن تبعهم باحسان إلى يوم الدين، أما بعد:

ޙައްޖުގެ އަޅުކަމަކީ، ބާލިޣުވެ ބުއްދި ސަލާމަތުންހުރެ، ޙައްޖުގެ އަޅުކަން އަދާކުރުމުގެ ކުޅަދާނަކަން ހުރި ކޮންމެ މުސްލިމެއްގެ މައްޗަށް ޢުމުރުން އެއްފަހަރު އަދާކުރުން ވާޖިބުވެގެންވާ އަޅުކަމެކެވެ. ޙައްޖަށް ދިޔުމުގެ ކުޅަދާނަކަން ހުރި މީހާ ލަސްނުކޮށް ޙައްޖު ކުރުމަކީ އޭނާގެ މައްޗަށްވާ ޢައިނިއްޔަ ފަރުޟެކެވެ. ވީމާ، މޮޅު އިތުރުވެގެންވަނީ ފުރަތަމަ ތިމާގެ ޙައްޖު އަދާކުރުމަށްފަހު މައިންބަފައިން ޙައްޖަށް ފޮނުވުމެވެ.

ނަމަވެސް ތިމާގެ ޙައްޖު އަދާނުކޮށް ބައްޕަ ޙައްޖަށް ފޮނުވިޔަސް، ބައްޕަގެ ޙައްޖު ޞައްޙަވާނެއެވެ. والله أعلم

ޖަވާބުދެއްވާފައިވަނީ: ޝައިޙް ޙަސަން މޫސާ ފިކުރީ

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close