ޚަބަރު ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސް އަތުލައިގެންފި

ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސް އަތުލައިގެންފި

ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ ކަސްޓަމްސް އަތުލައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގަވާއިދާ ޚިލާފަށް ރާއްޖެއިން ބޭރުކުރަން އުޅުނު ގިނަ އަދަދެއްގެ ބޭރު ފައިސާ، މިދިޔަ ބުދަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

މިފައިސާތައް އަތުލާފައިވަނީ ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ރާއްޖެއިން ބޭރަށް ފުރަން އުޅުނު ފަސިންޖަރެއްގެ އަތުން ކަސްޓަމްސްއަށް އެއްވެސް މައުލޫމާތެއް ހާމަކުރުމަކާ ނުލައެވެ.

ކަސްޓަމްސްއިން މައުލޫމާތު ދެއްވި ގޮތުގައި، މިގޮތުން ހިފަހައްޓާފައިވަނީ 905,669.80 (ނުވަ ލައްކަ ފަސް ހާސް ހަ ސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ އައްޑިހަ ލާރި) އަށްވާވަރުގެ ބޭރު ފައިސާއެވެ. މި ފައިސާތައް ހިފަހައްޓާފައިވަނީ އިންޑިއާއަށް ނިސްބަތްވާ ފަސިންޖަރެއްގެ އަތުން ކަމަށް ކަސްޓަމްސްއިން ވިދާޅުވިއެވެ.

ހިފަހައްޓާފައިވާ ފައިސާތަކުގެ ތެރޭގައި އެކި ޤައުމުތަކުގެ ފައިސާ ހިމެނޭކަން ކަސްޓަމްސްއިން ފާހަގަކުރިއެވެ. މި މައްސަލަ އިތުރަށް ތަޙްޤީޤުކޮށް، ޤާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ގަވާއިދާ ޚިލާފަށް ބޭރު ފައިސާގެ މުޢާމަލާތްތައް ހިންގާ ފަރާތްތައް ހޯދައި، އެފަރާތްތަކާ މެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިފަހުން ވަނީ ބަންގްލަދޭޝްގެ ހަ ފިރިހެނުން ގިނަ އަދަދެއްގެ ބޭރު ފައިސާއާއެކު އަތުލައިގެންފައެވެ. މީގެ އިތުރުން ހުއްދަނެތި ބޭންކިންގ ޚިދުމަތް ދިނުމުގެ މައްސަލައަކާ ގުޅިގެން، މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ ހަތަރު ބިދޭސީންނާއި ދިވެއްސެއްގެ ތަންތަން ބަލައި ފާސްކޮށްފައެވެ. މިފަދަ ކުށްތައް ހުއްޓުވުމަށް އެންމެހައި މުއައްސަސާތައް ގުޅިގެން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

ޓެގް

ކަސްޓަމްސް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.