ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރާ ދައުވާއާ މެދު ތަފާތުކޮށް ކަންކަން ކުރަމުންދާ ކަމަށް އެމަނިކުފާނުގެ ފަރާތުން ކުރަމުންދާ ތުހުމަތުތަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ރައްދުދީފި އެވެ.
ދައުލަތުން ފާހަގަކުރި ގޮތުގައި، މި މައްސަލައިގައި ދައުވާ ލިބުނު ފަރާތްތަކުގެ ތެރެއިން މިހާރު ޝަރީއަތުގައި ކުރިއަށްދަނީ ހަމައެކަނި ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅިފައިވާ މައްސަލަ އެކަންޏެވެ.
މި މައްސަލައާ ގުޅިގެން ކުރިން ދައުވާ އުފުލުނު ބައެއް ފަރާތްތަކުގެ މައްސަލަތައް ވަނީ ފަހުން އަނބުރާ ގެންގޮސްފަ އެވެ. އެގޮތުން އަހުމަދު ކްރިކް ރިޒާގެ މައްޗަށް ކުރި ދައުވާތައް ދައުލަތުން އަނބުރާ ގެންގޮސްފައިވާއިރު، ސަން ކުންފުނިތަކުގެ މައްޗަށް ކުރި ދައުވާތައް ދަށު ކޯޓުން ސާބިތުނުވުމުން ހައި ކޯޓުގައި އިސްތިއުނާފު ނުކޮށް ދޫކޮށްލާފައިވާ ކަމަށް ވެސް ދައުލަތުގެ ވަކީލު ވަނީ ވިދާޅުވެފަ އެވެ.
ޔާމީންގެ މައްސަލައިގައި މިއަދު އޮތީ، ހުލާސާ ބަޔާން އިއްވުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...